މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އައި.ސީ.ޓީ އިކުއިޕްމަންޓް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގެ ބޭނުމަށް އައި.ސީ.ޓީ އިކުއިޕްމަންޓް ހޯދުން

އައި.އެފް.ބީ ނަންބަރު: 004/TF013101

1. ދިވެހި ސަރުކާރުން ވާރލްޑްބޭންކުގެ އެހީތެރިކަމާއެކު މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީ.ސީ.ޓީ.އެފް)ގެ ދަށުން އެކުލަވާލެވި، ތަންފީޒު ކުރަމުންގެންދާ "އަރި އަތޮޅު ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް"ގެ މަޝްރޫޢު ހިންގުމަށް ލިބުނު އެހީން ބައެއް އައި.ސީ.ޓީ އިކުއިޕްމަންޓް ހޯދުމަށް ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

2. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ތިރީގައި ދެންނެވިފައިވާ އައި.ސީ.ޓީ އިކުއިޕްމަންޓް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

      15 ކޮމްޕިއުޓަރ ސިސްޓަމް

      15 އަން އިންޓަރަޕްޓަބަލް ޕަވަރ ސަޕްލައި (ޔޫ.ޕީ.އެސް)

      03 ލޭޒަރ ޕްރިންޓަރ

      01 ސްކޭނަރ

ވީމާ، މިތަކެތި ސަޕްލައި ކޮށްދެއްވުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މިމަސައްކަތުގެ ބީލަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވާރލްޑް ބޭންކުގެ "ޕްރޮކިޔުމަންޓް އަންޑަރ އައި.ބީ.އާރު.ޑީ އެންޑް އައި.ޑީ.އޭ ކްރެޑިޓްސް އެންޑް ގްރާންޓްސް ބައި ވާރލްޑް ބޭންކް ބޮރޮވާރސް (ޖަނަވަރީ 2011)" ގައިޑްލައިންސް އާ އެއްގޮތްވާގޮތުގެ މަތިން ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުންނެވެ.  އަދި މި މަސައްކަތަށް ބީލަން ހުށަހެޅޭނީ މި ގައިޑްލައިންސްގައި ބަޔާންކޮށްފައިވާ "އެލިޖިބަލް ސޯރސް ކަންޓްރީސް" ތެރޭގައި ހިމެނޭ ފަރާތްތަކަށެވެ.

4. މިމަސައްކަތަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 އޮކްޓޫބަރު 12 ވަނަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުޤުވެރިކަން ފާޅު ކުރެއްވުމުން ސޮފްޓްކޮޕީ ފޯމެޓްގައި ބީލަން ފޮތްތައް ފޮނުވައިދެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ އެފަރާތްތަކަށް ތިރީގައިވާ އެޑްރެހުން މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 9603018415+   ފެކްސް: 9603018301+

އީމެއިލް: [email protected]

5. މިމަސައްކަތަށް ހުށަހަޅާ ބީލަންތަކާއެކު ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާ ގޮތަށް "ބިޑް ސެކިޔުރިންގ ޑެކްލަރޭޝަން" ހުށަހަޅަން ޖެހޭނެއެވެ.

6. މި ޕްރޮޖެކްޓަށް ހުށަހަޅާ ބީލަންތަކުގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީޚުން ފެށިގެން 91 (ނުވަދިހަ އެކެއް) ދުވަހެވެ. އަދި މި ޕްރޮޖެކްޓްގެ ބީލަންތައް 2014 އޮކްޓޫބަރު 13 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން މި އިޢުލާނުގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެޑްރެހަށް ފޮނުއްވަންވާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 2014 އޮކްޓޫބަރު 13 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚު ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ

7. މި ޕްރޮޖެކްޓުގެ ބީލަންތައް އިވެލުއޭޓް ކުރުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި:

  • ފާއިތުވި 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި މިޕްރޮޖެކްޓާ އެއްވަރުގެ އެހެން މަސައްކަތެއް ކޮށްފައިވުން
  • މިމަސައްކަތަށް ކަނޑައެޅޭ މުއްދަތުގެ ތެރޭގައި މިމަސައްކަތް ނިންމޭނެވަރުގެ ފައިނޭންޝަލް ކެޕޭސިޓީ ހުރުން

މިއާ ގުޅޭ އިތުރު މަޢުލޫމާތު ބިޑް ޑޮކިޔުމަންޓްގައި އެކުލެވިގެންވާނެއެވެ.

8. މި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) ގައި މި އިޢުލާން ޝާއިޢު ކުރެވިފައިވާނެއެވެ.

18 ސެޕްޓެންބަރު 2014
ހޯދާ