މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޑިޒައިންގ އޮފް ސްވަރޭޖް ފެސިލިޓީސް އިން ސ.ފޭދޫ، ސ.ހުޅުމީދޫ، ސ.މަރަދޫފޭދޫ އެންޑް ސ.މަރަދޫ، މޯލްޑިވްސް

ޕްރޮޖެކްޓް ނަންބަރު:TEB/2014/132  

ޝައުޤުވެރިކަން ހުށަހެޅުމުގެ ދަޢުވަތު

1. އައްޑޫ ސިޓީގެ ފޭދޫ، ހުޅުމީދޫ، މަރަދޫފޭދޫ އަދި މަރަދޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށްޓަކައި ބޭނުންވާ ފަންޑު ދިވެހި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

2. މި ކޮންސަލްޓެންސީގެ މަސައްކަތްތަކުގެ ތެރޭގައި ޕްލިމިނަރީ ޑިޒައިންގ އާއި ޑީޓެއިލްޑް ޑިޒައިންގ ހެދުން އަދި ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) ހެދުން ހިމެނެއެވެ. 

3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

4. މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.

5. މިކަމާބެހޭ މަޢުލޫމާތާއި އިތުރު ތަފުސީލު މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ.

6. ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 19 އޮކްޓޫބަރު 2014ވާ އާދީއްތަ ދުވަހުގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުން އެދެމެވެ.

ޓެންޑަރ އިވެލިއޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 9603349107+

ފެކްސް: 9603340706+

އީމެއިލް: tender@finance.gov.mv

16 ސެޕްޓެންބަރު 2014
ހޯދާ