ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މަގަތު ފާލަން (ކީވޯލް) މަރާމާތުކޮށްދެއްވުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ކައްދޫ އެއަރޕޯޓު ބަނދަރުގެ މަގަތު ފާލަން (ކީވޯލް) މަރާމާތުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަސައްކަތަށް ބީލަން ހުށަހެޅުއްވުމަށް އެދި މިކުންފުނިން ޝާއިޢުކުރި ނަންބަރު: KACL/iulaan/2014/005ފ(21 އޮގަސްޓު 2014) އިޢުލާނާ ގުޅިގެން ބީލަން ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، މި މަސައްކަތަށް ބީލަން ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
  2. މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 24 ވާ ބުދަދުވަހުގެ 14:00 އަށް ކައްދޫ އެއަރޕޯޓު އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2014 އޮކްޓޫބަރު 8 ވާ ބުދަދުވަހުގެ 14:00 އަށް ލ. ކައްދޫ އެއަރޕޯޓު އޮފީހަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
  3. މި މަސައްކަތަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި "ކައްދޫ އެއަރޕޯޓުގެ މަގަތު ފާލަން މަރާމާތު ކުރުން" މިގޮތަށް ޖައްސަވާފައެވެ. ބީލަމުގެ ސުންގަޑި ހަމަވުމުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.

21 ޛުލްޤަޢިދާ 1435

16 ސެޕްޓެންބަރު 2014
ހޯދާ