އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅެންނުފަށައި 5 އަހަރަށްވުރެ ގިނަދުވަސްވެފައިވާ 2 ގޯތި ވަކިކުރުން

ހިތަދޫ އަވަށުގެ މާމެންދޫ ސަރަޙައްދުން މ.ނެންފެއާ /މާލެ (ސ.ހިތަދޫ ސޯސަންމާގެ) އަށް ދޫކުރެވިފައިވާ 303 ނަންބަރު ގޯއްޗާއި، ނާޒިމް ޙިލްމީ މޫންލައިޓް / ގދ. ތިނަދޫއަށް ދޫކުރެވިފައިވާ 312 ނަންބަރު ގޯއްޗަކީ ޙަވާލުކުރިފަހުން 5 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދެގޯއްޗެވެ. މިދެގޯތީގެތެރެއިން 312ނަންބަރު ގޯތިޙަވާލުކުރިފަހުން 12އަހަރު، 303 ނަންބަރު ގޯތި ޙަވާލުކުރިފަހުން 9 އަހަރު ވީއިރުވެސް އެއްވެސްގޯއްޗެއްގައި މަސައްކަތެއް ކޮށްފައިނުވާތީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު 2002 /1ގެ 14ވާނަ މާއްދާގައިވާގޮތުގެ މަތީ 303 ނަންބަރު ގޯއްޗާއި، 312ނަންބަރު ގޯތި ދޫކުރެވިފައިވާ ފަރާތުން 11 ސެޕްޓެންބަރު 2014އިން ފެށިގެން ގޯތި ވަކިކުރެވިފައިވާކަން ޢާންމުކޮށް އިޢުލާނުކުރީމެވެ.

              16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ