މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން މެއިލް ބަހާ މީހުން

މަޤާމު 01 :

ކޮންޓްރެކްޓް އުޞޫލުން މެއިލް ބަހާ މީހުން

އުޖޫރަ:

  1. ދުވާލަކު 1 ޕޮއިންޓުން 100 ޕޮއިންޓަށް (އެޑްރެހަށް) ތަކެތި ރައްދުކޮށްފިނަމަ، ރައްދުކުރި ކޮންމެ ޕޮއިންޓަކަށް 3.75 ރުފިޔާ
  2. ދުވާލަކު 101 ޕޮއިންޓުން 150 ޕޮއިންޓަށް  (އެޑްރެހަށް) ތަކެތި ރައްދުކޮށްފިނަމަ، ރައްދުކުރި ކޮންމެ ޕޮއިންޓަކަށް 4.00 ރުފިޔާ
  3. ދުވާލަކު 151 ޕޮއިންޓުން 200 ޕޮއިންޓަށް  (އެޑްރެހަށް) ތަކެތި ރައްދުކޮށްފިނަމަ، ރައްދުކުރި ކޮންމެ ޕޮއިންޓަކަށް 4.50 ރުފިޔާ

އަމިއްލަ  ދުއްވާ އެއްޗެއްގައި މޭލް ބަހާނަމަ، އޮންނަ އުސޫލުން ޕެޓްރޯލް އެލަވަންސް ދެވޭނެއެވެ.

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް :

މެއިލް އެންޑް ކާރގޯ އޮޕަރޭޝަންސް ޑިޕާޓްމަންޓް

މި މަޤާމުތަކުގެ ޝަރުޠު:

  • ކަމާގުޅޭ ތަޖުރިބާ ލިބިފައިވުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއް ހުރި މީހަކަށްވުން
  • ކޮންޓްރެކްޓް އުސޫލުން މެއިލްބަހާ މީހުން 100 ޕޮއިންޓަށް މޭލް ބެހުމުގެ ޤާބިލްކަން ހުރުމާއެކު، އަމިއްލަ ދުއްވާއެއްޗެއްގައި މެއިލް ބެހޭފަދަ މީހަކަށްވުން.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން.
  • ވޭތުވެދިޔަ 5 އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • އިންޓަވިއުއިން ފާސްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާއި ގުޅޭނޭ ފޯނު ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 18ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން، އެދެމެވެ. ސިޓީގައި ގުޅޭނެ ފޯނު ނަންބަރެއް ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތަށް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ހޮވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009272، 3009273، 3009274

                                  ފެކްސް: 3321559

11 ސެޕްޓެންބަރު 2014
ހޯދާ