ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން

އެސްޓީއޯ ޕލކ ޓްރޭޑް ސެންޓަރުގެ ބުލޮކް 01-14,15 މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނިން ދޭ މަޢުލޫމާތާއި ކުރެހުން، ބީއޯކިއު އަދި މަޢުލޫމާތާ އެއްގޮތަށް، އެސްޓީއޯ ޕލކގެ ޓްރޭޑް ސެންޓަރު ބުލޮކް 01-14,15 މަރާމާތުކޮށްދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:           މި ކުންފުނީގެ ޓްރޭޑް ސެންޓަރު ބުލޮކް 01-14,15 މަރާމާތުކޮށްދިނުން

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:       ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2014 ސެޕްޓެންބަރު 21 ވަނަ ދުވަހުގެ 14:30 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ވަޑައިގެން ރަޖިސްޓަރީކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:    ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2014 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން:        ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2014 ސެޕްޓެންބަރު 23 ވަނަ ދުވަހުގެ 15:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:         ބީލަންކަރުދާހާ ގުޅިގެން ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ އެންމެހައި ސުވާލުތައް ލިޔުމުން ފޮނުއްވާނީ 2014 ސެޕްޓެންބަރު 24 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލުންނެވެ.

ބީލަންކަރުދާސް :         ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2014 ސެޕްޓެންބަރު 30 ވަނަ ދުވަހުގެ 10:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:   3344318 ، 3344196

ފެކްސް:  3344633

އީމެއިލް: contracting@stomaldives.net

20 ޛުލްޤަޢިދާ 1435

15 ސެޕްޓެންބަރު 2014
ހޯދާ