ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ފީއަލީ ފުޓްބޯޅަދަނޑު ވަށައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

ފ.ފީއަލީ ފުޓްބޯޅަދަނޑުގެ ވަށައި ފެންސް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 21 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި ފީއަލީ ކައުންސިލުގެ އިދާރާގައެވެ. އަދި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 28 ސެޕްޓެންބަރު 2014 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގައި ފީއަލީ ކައުންސިލުގެ އިދާރާގައެވެ.

ވީމާ، ފެންސް ޖެހުމުގެ މަސައްކަތް ބޭނުންފުޅުވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ފީއަލީ ކައުންސިލުގެ އިދާރާއަށް އަންދާސީހިސާބު ހިއްޕަވައިގެން ހާޒިރުވުން އެދެމެވެ. އަދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ފ.ފީއަލީ ފުޓްބޯޅަދަނޑުގެ ވަށައި ފެންސް ޖެހުމާބެހޭ " މިހެން ލިޔެފައި އޮންނަންވާނެއެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

12 ޛުލްޤަޢިދާ 1435

07 ސެޕްޓެންބަރު 2014
ހޯދާ