ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވޮޗަރ

މަޤާމު

ވޮޗަރ

ގިންތި: ދާއިމީ

ރޭންކް: އެސް.އެސް 1

އަދަދު

01

މަސައްކަތް ކުރަންޖެހޭ ތަން

ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓް، ހޯނޑެއްދޫ/ދިވެހިރާއްޖެ

އަސާސީ މުސާރަ

-/3100 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

މުސާރައިގެ އިތުރުން ސާރވިސް އެލަވަންސް -/1000 (އެއްހާސް ރުފިޔާ) އަދި ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ލިޔަންކިޔަން އެނގުން، (ލިޔަންކިޔަން އެނގޭކަމަށް ބަލާނީ ގްރޭޑް 5 ނިންމާފައިވާ ކަމުގެ ލިޔުމުން ނުވަތަ ކޯޓް ނުވަތަ އިދާރާއިން ޓެސްޓެއް ދީގެންނެވެ.) ނުވަތަ

2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކާ އެއްފެންވަރުގެ މަޤާމެއްގައި ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކުގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

1- ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓުގެ ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުން

2- ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓުގެ ދިދަނަގައި ތިރިކުރުން

3- ކޯޓުން ކުރަންޖެހޭ މަސައްކަތާ ގުޅިގެން ކުރުމަށް ޙަވާލުކުރާ މަސައްކަތްތައް ކުރުން

ހުށަހަޅަންޖެހޭ ތަކެތި

1- ކުރިމަތިލާ ފަރާތުގެ ވަނަވަރު

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ) ވަޒީފާ އަދާކުރި ނުވަތަ އަދާކުރަމުންދާ ލިޔުމުގައި މަޤާމުގައި ވީދުވަހާއި، މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

ސުންގަޑި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މިކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ފޯމު މިކޯޓުން ލިބެންހުންނާނެއެވެ.

03 ސެޕްޓެންބަރު 2014
ހޯދާ