ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
މަސައްކަތު

ތިރީގައިވާ މަޤާމުތަކަށް މީހަކު ބޭނުންވެއްޖެ.

 

މަޤާމު

މަސައްކަތު

 

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސް.އެސް 1/ސަޕޯޓް ސްޓާފް ގްރޭޑް 1

 

ބޭނުންވާ އަދަދު

2

 

ވަޒިފާ އަދާކުރަންޖެހޭ ރަށާއި، އޮފީހާއި،  ޔުނިޓް

ރީޖަނަލް ސެކަޝަން، ޕަބްލިކް ވަރކްސް ސަރވިސަސް، ލ. އިސްދޫ ސައިޓް

 

މަޤާމުގެ ނަންބަރު

232492،232493

 

މުސާރައާއި ޢިނާޔަތްތައް

މުސާރަ: -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

 (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.)

 

ޝަރުޠު

1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި، ޤާބިލުކަން ލިބިފައިވުން.

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސައިޓްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ބަރާބަރަށް ކުރުން.
  2. ސައިޓްގައި ކުރާ ސިމެންތީގެ މަސައްކަތްތަކާއި، ގައުޖެއްސުމާއި، ރިވެޓްމަންޓުގެ މަސައްކަތްތަކާއި، ބަނދަރުގެ މަސައްކަތްތައް، ސުޕަވައިޒަރުގެ ލަފާގެމަތިން ކުރުން.
  3. ސުޕަވައިޒަރުގެ ލަފާގެމަތިން ސައިޓްގައި ކުރާ މެކޭނިކަލް، ވެލްޑިންގ، ކާޕެންޓްރީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  4. މަސައްކަތް ފެށުމުގެ ކުރިން މަސައްކަތަށް ތައްޔާރުކުރުމުގެގޮތުން، ބޭނުންވާ ތަކެތި ހަމައަށް ހުރިތޯ ބަލައި ޗެކްކުރުމަށްފަހު، ސުޕަވައިޒަރަށް އަންގައިގެން ތަކެތި ހަމަކުރުން.
  5. ސައިޓްގައި ގެންގުޅޭ ވެހިކަލްތަކަށް މައްސަލައެއް ދިމާވެއްޖެނަމަ، ޓެކްނީޝަނުން މަސައްކަތްކުރަމުންދާ ވަގުތުތަކުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  6. ސުޕަވައިޒަރުގެ ލަފާގެމަތިން ވެހިކަލްތަކަށް މުދާ އަރުވާ ބޭލުމާއި، މަސައްކަތަށް ބޭނުންވާ ސާމާނު އެއްތަނުން އަނެއްތަނަށް ގެންދިއުން.
  7. ސައިޓްގައި ބޭނުންކުރާ އިކްއިޕްމަންޓާއި މެޝިންތައް ފަރުވާތެރިކަމާއެކު ރަނގަޅަށް ބެލެހެއްޓުން.
  8. މަސައްކަތްކުރާ ވަގުތުގައްޔާއި މަސައްކަތް ހިނގަމުންދާ ސައިޓުގައި ހޭދަކުރާ ވަގުތުތަކުގައި ތިމާއަށާއި އެހެނިހެން މުވައްޒަފުންގެ ސަލާމަތަށް ބަލައިގެން،  އޮފީހުގެ މުދަލާއި ތަންތަނަށް ގެއްލުމެއް ނުވާނެގޮތުގެމަތިން ސަމާލުވެގެން މަސައްކަތްކުރުން.
  9. މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށްގެންދިއުމަށްޓަކައި ސުޕަވައިޒަރު އަންގާ ގޮތެއްގެމަތިން ޑިއުޓީ އުސޫލުން މަސައްކަތްކުރުން.
  10. މީގެއިތުރުން، އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ،ވެރިން އަންގާ ގޮތެއްގެމަތިން ކުރުން.

 

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސަސްގެ ނަންބަރު 3323537 އަށް ގުޅުން އެދެމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަރވިއު.

4. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ، ހީވާގި މީހެއްކަމުގައިވުން.

5. މާލިއްޔަތު ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

 

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޕަބްލިކް ވަރކްސް ސަރވިސަސްގެ (އަމީނީމަގު، މާފަންނު، މާލެ)  ލ. އިސްދޫ ސައިޓް ނުވަތަ ލ. އަތޮޅު ކައުންސިލުގެ އިދާރާއަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ސެޕްޓެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން.

 

އިންޓަރވިއުކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2014 އޮކްޓޫބަރުމަހާއި ނޮވެންބަރުމަހާ ދެމެދުގެ ތާރީޚެއްގައި މިސަރވިސަސްގައެވެ.
  • އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލެ އޮފީހުން، ޕަބްލިކް ވަރކްސް ސަރވިސަސްގެ ލ. އިސްދޫ ސައިޓުންނާއި،  ލ. އަތޮޅު ކައުންސިލް އިދަރާއިންނެވެ.)
  2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

14  ޛުލްޤަޢިދާ  1435

09 ސެޕްޓެންބަރު 2014
ހޯދާ