ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ޑިރެކްޓަރ

ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

 

މަޤާމު

ޑިރެކްޓަރ

 

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އީ.އެކްސް 1/ ޑިރެކްޓަރ ގްރޭޑް 1

 

ބޭނުންވާ އަދަދު

1

 

ވަޒިފާ އަދާކުރަންޖެހޭ ރަށާއި، އޮފީހާއި،  ޔުނިޓް

ކޯޕަރޭޓް ސެކްޝަން،  ޕަބްލިކް ވަރކްސް ސަރވިސަސް

 

މަޤާމް ނަންބަރު

250763

 

މުސާރައާއި ޢިނާޔަތްތައް

މުސާރަ: -/8،835 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެ.)

 

ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން/މެނޭޖަމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖަމަންޓް ދާއިރާއެއްގައި       8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖަމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖަމަންޓް  ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖަމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖަމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/މެނޭޖަމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  5. އެޑްމިނިސްޓްރޭޝަން/މެނޭޖަމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޮފީހުގެ އެކިދާއިރާތަކަށް ބޭނުންވާ ސެކްރެޓޭރިއަލް ޚިދުމަތްތައް ފޯރުކޮށްދިނުމާއި، އޮފީހުގެ އެކިދާއިރާތައް އިދާރީގޮތުން ހިނގަމުންދާގޮތް މޮނިޓަރކުރުން.
  2. މަސައްކަތުގެ ދާއިރާއިން އިދާރީ މުވައްޒަފުންނާއި ފަންނީ މުވައްޒަފުންނަށް ލިބިދޭންޖެހޭ ތަމްރީން ދިނުމަށް، ޓްރޭނިންގ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ޢިލްމާއި ހުނަރުގެގޮތުން މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށް މަސައްކަތްކުރުން.
  3. މުވައްޒަފުންނާބެހޭ އެންމެހައި ކަންތައްތައް ހަމަޖެހިފައިވާ ޤަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް އިންތިޒާމްކޮށް ހިންގުން.
  4. ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، މި ޕްރޮގްރާމުގެ ރައިޓްސް އެކިދާއިރާތަކުން ކަނޑައަޅާ ވަކިއަދަދެއްގެ މުވައްޒަފުންނަށް ހަޖެއްސުމާއި، ދިމާވާ މައްސަލަތައް ޙައްލުކޮށް، ދުވަހުން ދުވަހަށް ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. ފައިސާއާބެހޭ ހުރިހާކަމެއް، ޤާނޫނުތަކާއި ޤަވާޢިދުތަކުގެ އިމުގެތެރެއިން ކޮންޓްރޯލްކޮށް ބެލެހެއްޓުން.
  6. އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ދާއިރާތަކުން ހޯދުމަށްފަހު، އެކަށީގެންވާ ގޮތެއްގެމަތިން ކަނޑައެޅިފައިވާ މުއްދަތުގައި ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓާ ބެހޭގޮތުން އެކިފަރާތްތަކާއެކު ހިންގަންޖެހޭ މުޢާމަލާތުތައް ހިންގުން.  
  7. ފިކްސްޑް އެސެޓް ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި،  ބޮޑެތި މެޝިނަރީއާއި، އިކްއިޕްމެންޓްތަކާއި، ވެހިކަލްތަކާއި، ވެސަލްތަކާއި، މުހިންމު އިމާރާތްތައްފަދަ ތަންތަނާއި ތަކެތި އިންޝުއަރެންސްކޮށް ބެލެހެއްޓުމާއި، އިދާރާގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ވެހިކަލް، ވެސެލް ފަދަ ފީދައްކަންޖެހޭ ހުރިހާ ތަކެއްޗާއި ކަންކަމަށް ދައްކަންޖެހޭ ފީ، ކަމާބެހޭ ދާއިރާތަކަށް ކަނޑައެޅޭ މުއްދަތުގައި ދެއްކުން.
  8. ފައިސާއާބެހޭ ހިސާބުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް، އަބަދުވެސް އޯޑިޓްކުރުމަށް ތައްޔާރުކޮށްފައި ބެހެއްޓުމާއި، އޮޑިޓްކުރުމުގެ މަސައްކަތުގައި އޮޑިޓަރުންނަށް އެހީތެރިވުން.
  9. އިދާރާއިން ހިންގަންޖެހޭ އެކިމަޝްރޫޢުތަކާއި، އެފަދަ އެހެނިހެން މަސައްކަތްތައް ބީލަމުގެ އުސޫލުން ކުރުމަށް ހަމަޖެހިފައިވާ ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެމަތިން އިންތިޒާމްކޮށް ހިންގުމާއި، ބީލަމުގެ އުސޫލުން މަސައްކަތްތައް ކުރުވުމަށާއި، ތަކެތި ހޯދުމަށް، އެކިފަރާތްތަކާއެކު ސޮއިކުރާ އެއްބަސްވުންތަކާ އެއްގޮތްވާގޮތުގެމަތިން، ހުރިހާކަމެއް ހިނގަމުންދޭތޯ ބަލައި ސުޕަވައިޒްކުރުމާއި، ޤަވާއިދުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  10. ސަރުކާރުގެ ދާއިރާތަކާއި،  އޮފީހުގެ އެކި ދާއިރާތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި،  މުވައްޒަފުންނާބެހޭ ކަންތައްތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ވަޒީފާބަޔާންތައް ތައްޔާރުކުރުމާއި، ހާޒިރީ ބެލެހެއްޓުމާއި، އިތުރުގަޑީގެ މަސައްކަތަށް ނެރޭ މުވައްޒަފުންގެ ރެކޯޑްސް ބެލެހެއްޓުންފަދަ ހުރިހާކަމެއް ދުވަހުންދުވަހަށް ނިންމުން. 
  11. ހިންގުމުގެ އޮނިގަނޑާއި އެއްގޮތްވާގޮތުގެމަތިން ސެކްޝަނުގެ ހުރިހާކަމެއް ހިންގައި ބެލެހެއްޓުން.
  12. މުވައްޒަފުން އެކިއެކި ކަންކަމުގައި ދެކޭގޮތާއި، އަޚްލާޤާއި، ސުލޫކީ މިންގަނޑު ބަލަމުން ގެންދިއުމާއި، އިޞްލާޙުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް، މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނައުމާއި، މުވައްޒަފުންނާ ބެހޭގޮތުން ކުރެވޭ މުޢާމަލާތުތަކުގެ ފުރިހަމަ ރެކޯޑްސް ބެލެހެއްޓުން.
  13. މީގެ އިތުރުން، ޑިޕާޓްމަންޓުގައި ކުރަންޖެހުނު ކޮންމެކަމެއް، ވެރިން އަންގާގޮތެއްގެމަތިން ކުރުން.

 

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސަސްގެ ނަންބަރު 3323537 އަށް ގުޅުން އެދެމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

1. ތައުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާއާއި ލީޑަރޝިޕް.

3. އިންޓަރވިއު.

4. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

6. މާލިއްޔަތު ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

 

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ (އަމީނީމަގު، މާފަންނު، މާލެ) އޮފީހަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ސެޕްޓެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން.

 

އިންޓަރވިއުކުރުން:

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުއާއި ޕްރެސެންޓޭޝަން އޮންނާނީ، އޮކްޓޫބަރުމަހުގައި މި ސަރވިސަސްގައެވެ.
  • އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް) ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލޭ އޮފީހުންނެވެ)
  2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

14  ޛުލްޤަޢިދާ   1435

                                    9  ސެޕްޓެންބަރު 2014 

09 ސެޕްޓެންބަރު 2014
ހޯދާ