މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އެނަލިސްޓް

ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެންވަޔަރަންމަންޓް އެނަލިސްޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި ޢިނާޔަތްތައް

މުސާރަ:  -/6،295 ރުފިޔާ، ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ/މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/އެންވަޔަރަންމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

1

ޝަރުޠު

  1. ތިމާވެށީގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ތިމާވެށިގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ތިމާވެށީގެ މަސައްކަތާ ގުޅޭ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
  4. ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހަދަންޖެހޭ ޤަވާއިދުތަކާއި، އުސޫލުތަކާއި، އިރުޝާދުނާމާތަކާއި ޕްލޭންތައް ހެދުން.
  2. ޤައުމީ ތަރައްޤީއާއި، އިޖުތިމާޢީ ކަންކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުން ސަރުކާރުގެ މައިމަގަށް ނެރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ދިރޭތަކެތީގެ ނަސްލުން ލިބޭ ފައިދާތައް ހަމަހަމަ އިންސާފްވެރިގޮތެއްގައި ޙައްޤުވާ ފަރާތްތަކަށް ލިބިދެވޭނެ ގަވައިދުތަކާއި، އުސޫލުތަކާއި، މިންގަޑުތައް ހެދުން.
  4. ދިވެހިރާއްޖޭގެ ދިރޭތަކެއްޗާއި އެތަކެތީގެ މާޙައުލުތަކާއި އެތަކެއްޗަށް އަންނަ ކޮންމެ ބަދަލަކާ ގުޅިގެން އިންސާނުންގެ ދިރިއުޅުމަށާއި ތިމާވެއްޓަށް ކުރާ އަސަރު ދަނެގަނެ، އެކަމާބެހޭ އެންމެހައި މަޢުލޫމާތު އެއްކޮށް، އެތަކެތީގެ ވެލުއޭޝަން ހަދައި ޑޭޓާބޭސް/ ޖީ.އައި.އެސް. ތައްޔާރުކޮށް ބެލެހެއްޓުން.
  5.  ދިރޭ ތަކެއްޗާއި، ތަންތަން ޙިމާޔަތްކުރުމާބެހޭ މަޝްރޫޢުތައް ޤައުމީ ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައްޔާއި، ރަށުފެންވަރުގައި ރާވައި ހިންގުން.
  6. ރާއްޖޭގެ ދިރޭތަކެތީގެ ނަސްލާއި އެތަކެތި ދިރިއުޅޭ މާޙައުލާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ދާއިރާތަކާ ގުޅައިގެން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  7. ރާއްޖޭގައި ޙިމާޔަތްކުރާ ސަރަހައްދުތަކާއި ދިރޭތަކެއްޗާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. ދިރޭތަކެތީގެ ނަސްލާ ގުޅޭގޮތުން ދިވެހިރާއްޖޭއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ މަސައްކަތްކުރުން.
  9. މިނިސްޓްރީން ހިންގާ އއަދި ބައިވެރިވާ ތަފާތު ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

މިނޫނަސް، އޮފީހުން ރާވައިގެން ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. ދިރޭތަކެތީގެ ނަސްލާ ގުޅޭ މަސައްކަތްތައްކޮށްފައި ހުރި މިންވަރު.
  2. ގިނަވަގުތު ރާއްޖެއާއި ރާއްޖެއިންބޭރުގެ ދަތުރުފަތުރުކުރެވޭ ފަރާތަކަށްވުން.
  3. އިންޓަރނޭޝަނަލް ރިލޭޝަންގެ ތަޖުރިބާހުރި މިންވަރު.
  4. ޑޭޓާ ބޭސް މެއިންޓެއިންސް އިންފޮރމޭޝަން ސިސްޓަމް އަޕްޑޭޓްކުރުން ފަދަ މަސައްކަތުގެ ތަޖުރިބާހުރި މިންވަރު.
  5. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދާއި، މާލިއްޔަތާބެހޭ ޤާނޫނަށް އަހުލުވެރިވެފައިވާ މިންވަރު.       

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް) މި މިނިސްޓްރީގެ ކައުންޓަރުން ލިބޭނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް /ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  •   ސުންގަޑި: 22 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  •   އިންޓަރވިއުއާއި އިމްތިޙާންކުރުން 22 ސެޕްޓެންބަރު 2014 އާއި 21 އޮކްޓޫބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

                        16 ޛުލްޤަޢިދާ 1435

                        11 ސެޕްޓެންބަރު 2014 

11 ސެޕްޓެންބަރު 2014
ހޯދާ