ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މިކުންފުނީގެ މިދަންނަވާ ފާމަސީތަކަަށް ދެއަހަރުދުވަހުގެ ކޮންޓްރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެ

މަސައްކަތްކުރާ ތަން

އަސާސީ މުސާރަ

ޢަދަދު

މަޤާމު

ތ. ހިރިލަންދޫ އެސް.ޓީ.އޯ ފާމަސީ

4350

1

ފާމަސިސްޓް

3380

2

ކޭޝިއަރ

ބ. ތުޅާދޫ އެސް.ޓީ.އޯ ފާމަސީ

4350

1

ފާމަސިސްޓް

 

1. ފާމަސިސްޓް

މަޤާމުގެ މަސްއޫލިއްޔަތު

* ކަސްޓަމަރުންނަށް ތަނުން ލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން

* ބޭސް ދޫކުރުން

* ހަރުތަކުގައި ބޭސް އެތުރުން

* ކޮންޓްރޯލް ޑްރަގްސް ރިޕޯޓް ތައްޔާރުކުރުން

* މުއްދަތުހަމަވާ ބޭސްތައް ޗެކްކޮށް ރިޕޯޓް ތައްޔާރުކުރުން

ތަޢުލީމީ ތަޖްރިބާ

 * އެޑްވާންސްޑް ސެޓިފިކެޓް އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވުން

2. ކޭޝިއަރ

މަޤާމުގެ މަސްއޫލިއްޔަތު

* ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން

* ބިލް ހެދުން

* މުއްދަތުހަމަވާ ބޭސްތައް ޗެކްކުރުންް

* ރެކްތަކުގައި ބޭސް އެތުރުން

* ކްރެޑިޓް ބިލް ޗެކްކުރުން

* އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާސެކްޝަންތައް ބެލެހެއްޓުން

ތަޢުލީމީ ތަޖްރިބާ

 * ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން   

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 1500.00ރ – 2700.00ރ އާ ދެމެދުގެ ޢަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅޭގޮތައް ހަޖައްސައިދެވޭނެ

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ

* މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ

* ޕެންޝަން

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2014ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުން އަދި އެސްޓީއޯ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސަރޓިފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސަރޓިފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ފާމަސިސްޓް އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ އެޑްވާންސްޑް ސެޓިފިކެޓް އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.
  • ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344245 / 3344368      ފެކްސް: 3344041     އީމެއިލް އެޑްރެސް: hrd@stomaldives.net

09 ސެޕްޓެންބަރު 2014
ހޯދާ