މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުރާޅުގެ ޓިނު ބަދަލު ކުރުމާއި އަސްކެނި ސީލިންގ ކުރުމާއި ފުރާޅުގެ ދިޔަދޮވި ބަދަލު ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކައުންސިލުގެ ބެލުމުގެ ދަށުން ހިންގާ ބުރުލު ޕްރީ ސްކޫލުގެ ފުރާޅުގެ ޓިނު ބަދަލު ކުރުމާއި އަސްކެނި ސީލިންގ ކުރުމާއި ފުރާޅުގެ ދިޔަދޮވި ބަދަލު ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ބުރުލު ޕްރި ސްކޫލުގެ ފުރާޅު ޓިނު ބަދަލުކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

13 ޛުލްޤަޢިދާ 1435

08 ސެޕްޓެންބަރު 2014
ހޯދާ