މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިމިނިސްޓްރީގައި އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ގަނެ ހަރުކުރުން

އިޢުލާން 

އަންދާސީހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީގައި އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ގަނެ ހަރުކުރަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހު 14.00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް އަންދާސީހިސާބު ހުށަހަޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. (ބޮޑުތަކުރުފާނު މަގު / ކޯސްޓްގާޑް ބިލްޑިންގާ ޖެހިގެން އިރަށް)

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން 3333166 އަށް ގުޅުއްވުން އެދެމެވެ.

13 ޛުލްޤަޢިދާ  1435

07 ސެޕްޓެންބަރު 2014
ހޯދާ