ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރ

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އޮފިސަރ

އަދަދު: 2

އަސާސީ މުސާރަ: -/4350ރ

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް / ތަން: ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް / ހެޑްއޮފީސް

 

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1700ރ އާއި -/3000ރ އާ ދެމެދުގެ އަދަދެއް ލިބޭނެ

* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެެ

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ.

* ޕެންޝަން  

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތު:

- ރެކްރޫޓްމަންޓާ ގުޅޭ އެންމެހައި މަސައްކަތްތަކެއް ކުރުން

- ސްޓާފް އެޓެންޑެންސްއާ ގުޅޭ އެންމެހައި މަސައްކަތްތަކެއް ކުރުން

- އިންޝުއަރެންސް، ޓްރެއިނިންގ އަދި ސްޓާފް އިވެލުއޭޝަނާ ގުޅޭ އެންމެހައި މަސައްކަތްތަކެއް ކުރުން

 

ތަޢުލީމާއި ތަޖުރިބާ:

* ޖީ.ސީ.އީ އޯލެވެލްގެ 2 މާއްދާ އާއެކު އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން "ސީ" އަށްވުރެ މަތިން ފާސްވެފައިވުން ނުވަތަ ބިޒްނަސް ދާއިރާއިން ޑިޕްލޮމާއެއް ނުވަތަ އެއަށްވުރެ މަތީފާހެއް އޮތުން.

* މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެނގުން.

 

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 10 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://www.stomaldives.com/downloads/ :އެސްޓީއޯ ވެބްސައިޓް

 

ނޯޓް:

އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. މި މަޤާމަށް މުވައްްޒަފުން ހޮވުމުގައި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަަކަށް ބެލުމަށްފަހު ޝަރުޠު ހަމަވާ އެޕްލިކޭޝަނެއް ނުލިބިއްޖެނަމަ މަސައްކަތު ތަޖުރިބާއަށާއި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެއް ހޮވޭނެއެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344273، 3344333   ވެބްސައިޓް: www.stomaldives.com 

02 ސެޕްޓެންބަރު 2014
ހޯދާ