ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ (ސްޕްރިންޓެންޑެންޓް)

މިއެޖެންސީއާއި މިއެޖެންސީގެ ދަށުން ހިނގަމުންދާ ސެންޓަރުތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

 އެސިސްޓެންޓް ޑިރެކްޓަރ(ސްޕްރިންޓެންޑެންޓް)

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ (އެމް. އެސް 3)

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކު -/100 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް

އަސާސީ މުސާރައިގެ %35

މަސައްކަތް ކުރަންޖެހޭ ތަން

ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސްސިފިކޭޝަން ސެންޓަރ / ޏ.ފުވައްމުލައް

ތަޢުލީމާއި ތަޖުރިބާ

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

4- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- ނެޝަނަލް ޑްރަގް އެޖެންސީގެ ލަފަޔާ އެއްގޮތަށް ސެންޓަރުގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުމާއި އަހަރީ ޕްލޭނެއް އެކަށައަޅައި، އެއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގައި ބެލެހެއްޓުން.

2- އަހަރީ ބަޖެޓް ހަދައި ހެޑްއޮފީހަށް ފޮނުވުމާއި އެއަހަރަށް ހިންގުމަށް ބޭނުންވާ ޕްރޮގްރާމްތައް ތަނުގެ މެންޑޭޓާ ގުޅޭގޮތުން ރާވައި ހިންގުން.

3- ޕްރޮޖެކްޓްތަކާއި، ޕްރޮގްރާމުގެ ތެރެއިން ކޮންމެހެން ރިވިއުކުރަންޖެހޭ ކަންކަން ދެނެގަނެ ގެންނަންޖެހޭ ބަދަލުތައް ވެރިންގެ މަޝްވަރާގެ މަތިން ގެނައުން.

4- ސެންޓަރުގެ މަސައްކަތްތައް މުވައްޒަފުންނާ ހަވާލުކޮށް ބެލެހެއްޓުމާއި، މުދަލާއި ފައިސާ އަދި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަދި ހެޔޮގޮތުގައިތޯ ބަލައި އެގޮތަށް ހިނގާކަން ކަށަވަރުކުރުން.

މަޤާމު

އެސިސްޓެންޓް ކައުންސެލަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 (ޖީ.އެސް 4)

ރޭންކް:GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކު -/100 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވެންސް

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

އާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ (ކޮމިއުނިޓީ ސަރވިސް ސެންޓަރ)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޓްރީޓްމެންޓް ސެންޓަރުތަކުން ފަރުވާނިންމުމަށްފަހު ކޮމިއުނިޓީއަށް ބަދަލުކުރެވޭ ކްލައިންޓުންނަށާއި ކޯޓް ތަކުން ކޮމިއުނިޓީއަށް ޙުކުމްކުރެވޭ ކްލައިންޓުންނަށާއި ބެލެނިވެރިންނަން ކޮމިއުނިޓީ ސަރވިސް ސެންޓަރުން ދޭންޖެހޭ ކްލިނިކަލް ޚިދުމަތްތައް ރާވާ ހިންގުން.
  2. ކްލައިންޓުންގެ ފައިލްތައް އަޕްޑޭޓްކުރުމާއި، ރިކޯޑްތައް ބެލެހެއްޓުން.
  3. ކްލައިންޓުންގެ ރިޕޯޓްތައް ނިންމާ ޓްރީޓްމެންޓް  އަދި މުރާޖާޢާ ކޮމެޓީއަށް ހުށަހެޅުން.
  4. ޑްރަގް ކޯޓަށް ފޮނުވާ ރިޕޯޓްތައް ޤަވާއިދުން ތައްޔާރުކޮށް ޑްރަގް ކޯޓަށް ފޮނުވުން.

ތަޢުލީމާއި ތަޖުރިބާ

ކައުންސެލިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން  .

މަޤާމު

އެސިސްޓެންޓް ކައުންސެލަރ

ބޭނުންވާ ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 (ޖީ.އެސް 4 )

ރޭންކް:GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކު -/100 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވެންސް

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

ޢާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ކ.ހިންމަފުށި)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޓްރީޓްމެންޓް ސެންޓަރުތަކުން ފަރުވާ ނިންމުމަށްފަހު ކޮމިއުނިޓީއަށް ބަދަލުކުރެވޭ ކްލައިންޓުންނަށާއި ކޯޓްތަކުން ކޮމިއުނިޓީއަށް ޙުކުމްކުރެވޭ ކްލައިންޓުންނަށާއި ބެލެނިވެރިންނަން ކޮމިއުނިޓީ ސަރވިސް ސެންޓަރުން ދޭންޖެހޭ ކްލިނިކަލް ޚިދުމަތްތައް ރާވައި ހިންގުން.
  2. ކްލައިންޓުންގެ ފައިލްތައް އަޕްޑޭޓްކުރުމާއި، ރިކޯޑުތައް ބެލެހެއްޓުން.
  3. ކްލައިންޓުންގެ ރިޕޯޓުތައް ނިންމައި ޓްރީޓްމެންޓް އަދި މުރާޖާޢާ ކޮމެޓީއަށް ހުށަހެޅުން.
  4. ޑްރަގް ކޯޓަށް ފޮނުވާ ރިޕޯޓްތައް ގަވާއިދުން ތައްޔާރުކޮށް ޑްރަގް ކޯޓަށް ފޮނުވުން.

ތަޢުލީމާއި ތަޖުރިބާ

ކައުންސެލިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު، ސެޓުފިކެޓު ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓު ލިޔުން)
  3. އެސިސްޓެންޓް ކައުންސެލަރ މަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން ހެލްތު މިނިސްޓްރީގެ މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގެ "ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަން" އިން ސަރޓިފައިކުރެވިފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  7. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 
  8. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ސުންގަޑި

16 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަންވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2014 ވަނަ އަހަރުގެ ސެޕްޓެންބަރު ނުވަތަ އޮކްޓޫބަރުމަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 15 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3334568 އެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

04 ސެޕްޓެންބަރު 2014
ހޯދާ