މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޓެކްނިކަލް އެސިސްޓެންސްދޭނެ ފަރާތެއް ހޯދުމާބެހޭ

ޓެކްނިކަލް އެސިސްޓެންސްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީއިން ކުރި ނަންބަރު IUL)13-J1/13/2014/275)ފ(20 އޮގަސްޓު 2014) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، ޓެކްނިކަލް އެސިސްޓެންސް ދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހައުސް ޕްލާޒާ، އައިލެންޑް ޕްލާޒާ އަދި ނިއުޕްލާޒާ ބިލްޑިންގއަކީ ވަރަށް ގިނަދުވަސްވެ ބާވެފައިވާ ތަންތަން ކަމުގައިވާތީ މި ތަންތަނަކީ މީހުން ދިރިއުޅެންކަމުދާ ހާލުގައި ހުރި ތަންތަންކަން ބެލުމަށްފަހު އެކަމާ ގުޅޭ ރިޕޯޓެއް ތައްޔާރުކޮށްދޭނެ މިފަދަ ކަންކަމުގައި ޓެކްނިކަލް އަދި ޤާބިލު ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 11ވާ (ބުރާސްފަތި) ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ސެޕްޓެންބަރު 18ވާ (ބުރާސްފަތި) ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

09 ޛުލްޤަޢިދާ 1435

04 ސެޕްޓެންބަރު 2014
ހޯދާ