ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މާލެ ސަރަޙައްދުގައި ކަނޑުމަގުން މުދާ އުފުލައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

އެސްޓީއޯ އަށް ބޭނުންވާ މުދާ ކަނޑުމަގުން 6 މަސްދުވަހަށް މާލެ ސަރަޙައްދުގައި އުފުލައިދޭނެ ފަރާތެއް (ދޯނި/ބޯޓް) ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 09 ވަނަ ދުވަހުގެ 14:00 އަށް އެސްޓީއޯ ހެޑްއޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ސެޕްޓެންބަރު 14 ވަނަ ދުވަހުގެ  11:00އަށް އަންދާސީހިސާބު އެސްޓީއޯ ހެޑްއޮފީހަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މަޢުުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން: 3344262، 3344196

ފެކްސް:  3344633

އީމެއިލް: [email protected]

9 ޛުލްޤަޢިދާ 1435

04 ސެޕްޓެންބަރު 2014
ހޯދާ