ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ޓީޗަރ (ޤުރުއާން)

މަޤާމު: ޓީޗަރ (ޤުރްއާން)       މަޤާމު އޮތް އޮފީހުގެ ނަން:    ތުޅާދޫ ސްކޫލް، ބ. ތުޅާދޫ            ބޭނުންވާ އަދަދު:  1  ވަޒީފާ އަދާކުރަންޖެހޭ ތަން:    ތުޅާދޫ ސްކޫލް                                  ސެކްޝަން: އެކަޑެމިކް ސެކްޝަން

 

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޓްރެއިންޑް ޓީޗަރ

GS4

ޓީޗިންގ ސަރވިސް އޮފިސަރ 1

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/5،020 ރުފިޔާ

-/2،500 ރުފިޔާ

ޓްރެއިންޑް ޓީޗަރ

MS1

ޓީޗިންގ ސަރވިސް އޮފިސަރ 2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/5،610 ރުފިޔާ

-/2،500 ރުފިޔާ

ގްރެޖުއޭޓް ޓީޗަރ

MS2

ޓީޗިންގ ސަރވިސް އޮފިސަރ 3

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

-/6،295 ރުފިޔާ

-/2،500 ރުފިޔާ

ކޮލިފައިޑް ޓީޗަރ

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން

-/7،035 ރުފިޔާ

-/2،500 ރުފިޔާ

ކޮލިފައިޑް ޓީޗަރ

MS4

ޓީޗިންގ ސަރވިސް އޮފިސަރ 5

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ އިތުރު ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު (ލެވެލް 7 ގެ ސަނަދެއްނެތި)، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން     3 އަހަރު ދުވަހު އުޅެފައިވުން.

-/7،875 ރުފިޔާ

-/2،500 ރުފިޔާ

ކޮލިފައިޑް ޓީޗަރ

EX1

ޓީޗިންގ ސަރވިސް އޮފިސަރ 6

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

ކިޔަވައިދޭ މާއްދާއަކުން ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އަދި ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެފައިވުން.

-/8،835 ރުފިޔާ

-/2،500 ރުފިޔާ

ކޮލިފައިޑް ޓީޗަރ

EX2

ޓީޗިންގ ސަރވިސް އޮފިސަރ 7

-ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

-ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން     3 އަހަރު ދުވަހު އުޅެފައިވުން.

-/9.890 ރުފިޔާ

-/2،500 ރުފިޔާ

ސީނިއަރ ޓީޗަރ

EX3

ޓީޗިންގ ސަރވިސް އޮފިސަރ 8

ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން     3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/11،065 ރުފިޔާ

-/2،500 ރުފިޔާ

 

ސީނިއަރ ޓިޗަރ

EX4

ޓީޗިންގ ސަރވިސް އޮފިސަރ 9

ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން     3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/12،400 ރުފިޔާ

-/2،500 ރުފިޔާ

ސީނިއަރ ޓިޗަރ

EX5

ޓީޗިންގ ސަރވިސް އޮފިސަރ 10

ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން     3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/13،890 ރުފިޔާ

-/2،500 ރުފިޔާ

ސީނިއަރ ޓިޗަރ

EX6

ޓީޗިންގ ސަރވިސް އޮފިސަރ 11

ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން     3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

-/15،560 ރުފިޔާ

-/2،500 ރުފިޔ

މުސާރައާއި ޢިނާޔަތްތައް:

ކަނޑައެޅިފައިވާ މުސާރައާއި އެލަވަންސްގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާގެ މަސްއޫލިއްޔަތު:

1- ސްކޫލުގެ ސެޝަނަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވެ ސޮއިކުރުން.

2- ސްކޫލުން ހަދާފައިވާ ޓައިމް ޓޭބަލާ އެއްގޮތަށް ކިޔަވައިދިނުން.

3- ގްރޭޑަށް ކިޔަވައިދޭ މުދައްރިސުންގެ ކޯޑިނޭޝަން މީޓިންގތަކުގައި ގަވާއިދުން ބައިވެރިވުން.

4- ފިލާވަޅު ރޭވުމާއި ކިޔަވައިދިނުމުގެ އެހީ ތައްޔާރުކޮށް، ލެސަންޕްލޭން އެޕްރޫވްކޮށް، އެޕްރޫވްކުރާ ފަރާތުގެ އެޕްރޫވަލް ހޯދުން ( ލީޑިންގ ޓީޗަރ/ގްރޭޑް ކޯޑިނޭޓަރ)

5- ގްރޭޑްތަކަށް އެ އަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް ދަރިވަރުންނަށް ތަކެތި އުގަންނައިދީ،  ހާސިލުވާންޖެހޭ މިންވަރު ހާސިލުވެއްޖެކަން ކަށަވަރުކުރުން.

6- އެ ގްރޭޑެއް ބަލަހައްޓަން ހަވާލުވެހުންނަ ލީޑިންގ ޓީޗަރ އަންގާގޮތެއްގެމަތިން ކޯޑިނޭޓަރުގެ އެހީއާއެކު ދިރާސީ އަހަރުގެ ސްކީމް ތައްޔާރުކުރުން.

7- ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކުރުމުގެގޮތުން ސްކޫލުން ކަނޑައަޅާ ގޮތްތަކެއްގެމަތިން އެކިއެކި އެސެސްމަންޓްތައް ހަދައި،  ދަރިވަރުންގެ ކުރިއެރުން މެދުކެނޑުމެއްނެތި ބަލަމުން ގެންދިޔުން.

8- ކިޔަވައިދޭއިރު ދެނެގަތުމުގެ ހުނަރު (ފެންވަރު) ދަށްކުދިން ފާހަގަކޮށް، ގްރޭޑުގެ ލީޑިންގ ޓީޗަރާ މަޝްވަރާކޮށްގެން އިތުރުއެހީގެ ކްލާސްތައް ހިންގުން.

9- ކްލާސް ޓީޗަރެއްނަމަ، ހާޒިރީއާއި ރެކޯޑް ފޮތް ތައްޔާރުކޮށް ބެލެހެއްޓުމާއި، މާކްސް ޝީޓް ތައްޔާރުކޮށް، ރިޕޯޓްފޮތް ފުރިހަމަކުރުން.

10- ކޮންމެ ޕީރިއަޑެއްގައި ކިޔަވައިދޭ ފިލާވަޅުގެ ރެކޯޑް، ރެކޯޑް ފޮތުގައި ބަރާބަރަށް ލިޔަމުން ގެންދިޔުން.

11- އެކިއެކި އިމްތިޙާންތަކުގެ ޕޭޕަރު ތައްޔާރުކޮށް، ކުދިންގެ އިމްތިޙާން ޕޭޕަރުތައް މާކްކޮށް، ނަތީޖާ ސާފުކޮށް، އެނަލިސިސް ތައްޔާރުކުރުން.

12- ދިމާވާ އަޚްލާޤީ މައްސަލަތަކާއި އެހެނިހެން މައްސަލަތައް، މަދުވެގެން 3 ދުވަހުގެ ތެރޭގައި ޙައްލުކުރުމަށް އެކަށީގެންވާގޮތެއްގައި މަސައްކަތްކޮށް، ބޮޑެތި މައްސަލަތައް، ލީޑިންގ ޓީޗަރާ މަޝްވަރާކޮށްގެން ޙައްލުކުރުން.

13- މުދައްރިސަކު ހާޒިރުނުވާ ދުވަސް ދުވަހު، ހަވާލުކުރާ ރިލީފް ގަޑިތައް ނެގުން.

14- ސްކޫލްގެ ކިޔެވުމާ ގުޅޭ މަސައްކަތްތައް ތަރައްޤީކުރުމަށް ހިންގޭ އެކިއެކި ހަރަކާތްތަކުގައި މެނޭޖްމަންޓަށް ފުރިހަމައަށް އެހީތެރިވެދީ އެއްބާރުލުންދިނަުން.

15- ކުދިންގެ ބެލެނިވެރިންނާއި، ރައްޔިތުންގެ އިޙްތިރާމް ލިބޭގޮތަށް އެބައިމީހުންނާ ގުޅުން ބެހެއްޓުން.

16- ދީނީ އަދި ޤައުމީ ކަންތައްތަކަށް ކުދިންނަށް ހޭލުންތެރިކަން ލިބޭނޭގޮތުގެމަތިން ކުދިން ތަރުބިއްޔަތުކުރުވުން.

17- ދަރިވަރުންގެ މެދުގައި އިޖްތިމާއީ އަދަބުތަކާއި، ޞިއްޙީ ރަނގަޅު އާދަތައް އަށަގެންނެވުމަށް މަސައްކަތްކުރުން.

18- ދަރިވަރުން ތަރުބިޔަތުކުރުމަށް ހިންގޭ ހުރިހާ ކަމެއްގައި ޢަމަލީގޮތުން ބައިވެރިވުމާއި، މިފަދަ މަސައްކަތެއް ހިންގުމަށް ހަވާލުކުރެވިއްޖެނަމަ، އެ މަސައްކަތެއް ފަރުވާތެރިކަމާއެކު ކުރުން.

19- ސްކޫލްގައި ބާއްވާ އެކިއެކި ބައްދަލުވުންތަކާއި ޙަފްލާތަކުގައި ބައިވެރިވާން އެންގިންޖެނަމަ، ބައިވެރިވުމާއި، އެބަ އްދަލުވުންތަކަށް ގަޑިއަށް ހާޒިރުވުން.

20- ސްކޫލުން ރާވާފައިވާގޮތުގެމަތިން އިތުރު ހަރަކާތްތައް ހިންގުމަށް އެހީތެރިވުމާއި، ވަކިހަރަކާތެއް ހިންގުމާ ހަވާލުވެފައިވާ މުވައްޒަފެއްނަމަ، އެ ހަރަކާތްތަކާ ގުޅޭ ލީޑިންގ ޓީޗަރުގެ ލަފަޔާއެއްގޮތަށް އެކަން ކުރިއަށްގެންދިޔުން.

21- ސްކޫލުން ބޭރުގައްޔާއި ރަށުތެރޭގައި އުޅޭޢިރު، ކުދިންނަށް ނަމޫނާއަކަށް ވާނެގޮތަކަށް އަޚުލާޤު ބެހެއްޓުން.

22-   ދަރިވަރުންގެ ބެލެނިވެރިންނާ ދޭތެރޭގައި ރަނގަޅު ގުޅުމެއް ޤާއިމުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

އިންޓަވިއުކުރުން:

  • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަވިއުކުރުން  ސެޕްޓެންބަރު 15 ން 18 އާ ދެމެދު ތުޅާދޫ ސްކޫލްގައި  ނުވަތަ ސްކޫލުން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ. އަދި އިންޓަވިއުއަށް ހާޒިރުވާއިރު،  ތަޢުލީމީ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 ށް ވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން ޝޯޓްލިސްޓް ކުރެވޭނެއެވެ.

ހުށައަޅަންޖެހޭ ތަކެތި:

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ސްކޫލްގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ.)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)

- ސަރުކާރުގެ ވަޒީފާގައި ހުރި ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުން.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ނަންބަރާއެކު )

އިތުރު މަޢޫލޫމާތު ހޯދުމަށް:

ފޯން: 6600136                ފެކްސް: 6601012             އީމެއިލް: thulhaadhooschool@gmail.com

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން މި ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ތުޅާދޫ ސްކޫލަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 14 ސެޕްޓެންބަރު 2014 ވާ އާދިއްތަދުވަހުގެ 15.00 އެވެ.

24 އޮގަސްޓް 2014
ހޯދާ