މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާވެފައިވާ ތަކެތި ނީލަންކިޔުން

މިއިދާރާގައި ބާވެފައިވާ ތަކެތި ނީލަން ކިޔުން 2014 ސެޕްޓެންބަރު 13 ވާ ހޮނިހިރު ދުވަހުގެ 16:00 ގައި ވިންޑީރެސްޓް އިމާރާތުގެ ފެންޑާގެ ތެރޭގައި އޮންނާނެއެވެ. މިނީލަމުގައި މަދުވެގެން އިތުރު ކުރެވޭނީ -/5 ރުފިޔާގެ ނިސްބަތުންނެވެ. ނީލަން ނިންމާލެވޭނީ ޖެހިޖެހިގެން ތިންފަހަރު އެއްއަގެއް ކިޔުމުން އިތުރު ފަރާތަކުން އަގެއް ހުށަނާޅާނަމަ، އެންމެފަހުން އަގު ހުށަހެޅުއްވި ފަރާތަކަށެވެ. ނީލަން ކިޔޭނީ އަނގަބަހުން ކަމުގައިވެސް ދެންނެވީމެވެ. ނީލަމުން ނަންގަވާ ތަކެތި ގެންދަވަންވާނީ ފައިސާ ދެއްކެވުމަށް ފަހުގައެވެ. 03 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ ތަކެތި ދޫނުކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

ވީމާ، މިނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ވިންޑީރެސްޓް އިމާރާތުގެ ފެންޑާއަށް ދުރުވެދެއްވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ބާވަތްތައް މިއިޢުލާނާއެކު އެވަނީއެވެ.

27 އޮގަސްޓް 2014
ހޯދާ