މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެމް.އައި.ބީ.އެފް.އައި. ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު

މޯލްޑިވްސް އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް އިންޑަސްޓްރީ (އެމް.އައި.ބީ.އެފް.އައި) ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު

ޝްރީލަންކާގެ ޔޫ.ޓީ.އޯ.އީ.ޑީ.ޔޫ ކޮންސަލްޓްއާ ގުޅިގެން މި މިނިސްޓްރީއިން ބާއްވާ "ދިވެހިރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް ކޮންފަރެންސް" މިހިނގާ ސެޕްޓެންބަރު މަހުގެ 16 އިން 17 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ކޮންމެ ބައިވެރިއެއްގެ އަތުން ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މިކޮންފަރެންސްގެ ލީޑް ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކެވެ. އަދި އިންޓަރނޭޝަނަލް ލީޑު އިވެންޓް ޕާޓްނަރަކީ ޢަދުލު ކެޕިޓަލެވެ. މީގެ އިތުރުން ސްޕޮންސަރުންނަކީ ކޭ.ޕީ.އެމް.ޖީ.، އަމާނާ ތަކާފުލު، ސީ.އެމް.ޑީ.އޭ، އެމް.އެމް.އޭ، ބީ.އެމް.އެލް، އަމްނާ، ސިއެފްސާ (ސެންޓަރ ފޮރ އިސްލާމިކް އިކޮނޮމިކް އެންޑް ފައިނޭންސް)، އަޔާދީ ތަކާފުލް، އެލައިޑް އިންޝުއަރެންސް، ކްރެސެންޓް ރޭޓިންގ، ޔުތޯޕިއާ ވެކޭޝަންސް، އެޗް.ވޯލްޑް، ފްރަންޓަލޯބް، އެވެ.

ވީމާ، މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2014 ގެ ކުރިން މި މިނިސްޓްރީގައި ރަޖިސްޓަރީކުރެއްވުން އެދެމެވެ. ރަޖިސްޓަރީ ކުރެއްވުމަށް ތިރީގައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރެއްވުމަށްފަހު މި މިނިސްޓްރީއަށް އީމެއިލް [email protected] ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަންބަރު: 3312515 އަށް ގުޅުއްވުން އެދެމެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓު www.islamicaffairs.gov.mv ގެ ޑައުންލޯޑްސްއިން މިކޮންފަރެންސާބެހޭ މަޢުލޫމާތު ޑައުންލޯޑު ކުރެއްވޭނެއެވެ.

ނަން

އެޑްރެސް

އޮފީސް

ގުޅޭނެ ފޯނު ނަންބަރު

އީމެއިލް އެޑްރެސް

 

 

 

 

 

6 ޛުލްޤަޢިދާ 1435 

01 ސެޕްޓެންބަރު 2014
ހޯދާ