އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ގަމުގެ 33 ނަންބަރު ޢިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ގަމުގެ 33 ނަންބަރު ޢިމާރާތުގެ ބައެއް ރޫޅާލުމަށްފަހު އަލުން ޢިމާރާތްކުރުމުގެ މަސައްކަތް މިކުންފުނިން ދައްކާ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކުރުވުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2014 ދުވަހުގެ 14:00 އަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ސެޕްޓެންބަރު 2014 ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެއެވެ. އަދި މަޢުލޫމާތު ދިނުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ހުށަހެޅޭ އަންދާސީހިސާބުތައް ބަލާނީ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި ކަމަށް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

01 ސެޕްޓެންބަރު 2014
ހޯދާ