ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މި އިދާރާއަށް އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. ވީމާ އެސިސްޓެންޓް ޑިރެކްޓަރ ގެ މަޤާމަށް ކުރިމަތިލާންބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.             

މަޤާމު:                     އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް:                     އެމް،އެސް،3

ކޮލެސިފިކޭޝަން:               އެސިސްޓެންޓް ޑިރެކްޓަރ

އޮފީސް /އިދާރާ                ދ މާއެނބޫދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:                  ކޯޕަރޭޓް އެފެއަރޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:         މާއެނބޫދޫ ކައުންސިލްގެ އިދާރާ

މުސާރަ:                    7،035.00 (ހަތްހާސް ތިރީސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:           2،000.00 (ދެހާސް ރުފިޔާ)

ބޭނުންވާ ޢަދަދު:               1 (އެކެއް)

  1. އެޑްމިނިސްޓުރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ޙާސިލް ކޮށްފައި ވުމާއެކު، އެޑުމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓުރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 5 ގެ ސަނަދެއް ޙާސިލް ކޮށްފައި ވުމާއެކު، އެޑުމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓުރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދައްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާސިލް ކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓުރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ޙާސިލް ކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް  6 ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ޙާސިލްކޮށްފައިވުން 

މަޤާމުގެ ޝަރުތުތައް:    

 

               

 

              

 

                                 

1.  މާއެނބޫދޫ ކައުންސިލްގެ އިދާރާ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން ހިންގައި ބެލެހެއްޓުމާއި، ކައުންސިލަށް ޖަވާބުދާރީ ވާންޖެހޭ ހާލަތުގައި ޖަވާބުދާރީވުން. 

2.  ޤާނޫނާއި، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މާއެނބޫދޫ ކައުންސިލްގެ އިދާރާގެ މެއިންޑޭޓުގައިވާ މަސައްކަތްތައް ޕްލެއިންކޮށް ރާވައި ހިންގުން.

3.  ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މާއެނބޫދޫ ކައުންސިލްގެ އިދާރާގެ މަސައްކަތްތައް ހަލުވިކޮށް ޚަރަދު ކުޑަ، ފެންވަރު ރަނގަޅު ޚިދުމަތް ދެވޭނެ އާގޮތްތައް ހޯދައި އެގޮތްތައް ތަޢާރުފްކުރުން.

4.  މާއެނބޫދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ ކަންތައް ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ބެލެހެއްޓުމާއި، މުވައްޒަފާ ޙަވާލުކުރެވޭ މަސައްކަތާ ގުޅިގެން ޖަވާބުދާރީވުން.

5.  އިދާރާގެ އެތެރޭގެ ގަވާއިދުތަކާއި، ރައްޔިތުންނަށް ޚިދުމަތްދިނުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި، ގޮތްތައް އެކުލަވާލުން.

6.  އިދާރާގެ މުވައްޒަފުންނަށް ދިވެހި ސިވިލްސަރވިސްގެ ގަވާއިދުތަކާއި ޢަމަލު ކުރަންޖެހޭ އެހެނިހެން ގަވާއިދުތަކާއި، އުސޫލުތައް އަންގައިދީ އެ ގަވާއިދުތަކާއި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މުވައްޒަފުންގެ މަސައްކަތް ބައްޓަންކޮށް މުވައްޒަފުންގެ މަސައްކަތް ގަވާއިދުން ސުޕަވައިޒު ކުރުން.

7.  މާއެނބޫދޫ ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ގުޅިގެން ކަނޑައަޅާ ސިޔާސަތުތައް ތަންފީޛުކޮށް ނަތީޖާ ހާސިލުކުރުން.

*  އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ވަޒީފާގެ ދާއިރާއިން ހަވާލުކުރެވޭ ކަންކަން ކުރުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ އަދި އިންޓަރވިއު އާއި ޕްރެކްޓިކަލްސްއަށް ބެލޭނެއެވެ.

 

  މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 15 ސެޕްޓެންބަރު 2014ވާ ހޯމަ ދުވަހުގެ މެންދުފަހު 14.00 ގައި ދ. މާއެނބޫދޫ ކައުންސިލްގެ އިދާރާގައި، ނުވަތަ އެއިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. އަދި އިންޓަރވިއު އޮންނަ ތާރީޚަށާއި، ތަނަށް ބަދަލެއް އަތުވެއްޖެނަމަ އިންޓަވިއުބާއްވާ ތާރީޚުގެ 2 ދުވަހުގެ ކުރިން މިމަޤާމަށް އެދިލައްވާފައިވާ ފަރާތްތަކަށް ލިޔުމަކުން އަންގަވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި،މުއްދަތު:

  މި މަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު 11 ސެޕްޓެންބަރު 2014 ވަނަދުވަހުގެ 14:00 ގެ ކުރިން ނިލަންދެ އަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާ އަދާކުރާތާ އެއްއަހަރު ވުމުން ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް އަހަރީ ޗުއްޓީގެ ގޮތުގައި ބަންދު ދުވަސްތައް ނުލައި 30 ދުވަސް، އަދި ޢާއިލީ ޒިންމާގެ ގޮތުގައި އަހަރަކު 10 ދުވަސް ދެވޭނެއެވެ.

އުޖޫރަ އާއި ޢިނާޔަތްތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މާއެނބޫދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސް އަށް  / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނަމަވެސް ވަޒީފާ އިޢުލާން ކުރި އޮފީހުގެ މުވައްޒަފަކު ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާއިރު މިލިޔުން ހުށަހަޅަން ނުޖެހޭނެއެވެ.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް، (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސްފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް . 
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު: 6760043 ފޯނަށެވެ.  ފެކުސް ނަންބަރު: 6760043
  • Email: [email protected] 

ހުށަހަޅަންޖެހޭ ތަކެތި    

 

 

                

 

               

             

   

 

 

 

       

                    2 ޛުލްޤަޢިދާ 1435

28 އޮގަސްޓް 2014
ހޯދާ