ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ޤުރުއާން ޓީޗަރ (ދާއިމީ)

މަޤާމު: ޤުރުއާން ޓީޗަރ (ދާއިމީ)

މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން: ނޮޅިވަރަމް ސްކޫލް

ބޭނުންވާ އަދަދު: 01

އޮފީހުގެ ނަމާއި ރަށް: ނޮޅިވަރަމް ސްކޫލް، ހދ.ނޮޅިވަރަމް

ސެކްޝަން: އެކެޑެމިކް

ކްލެސިފިކޭޝަން: ޓީ.އެސް.އޯ 01 އާއި ޓީ.އެސް.އޯ 11 އާ ދެމެދު

ރޭންކް: އެމް.އެސް 1 ން އީ.އެކްސް 6 އާ ދެމެދު 

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރ

ސާރވިސް އެލަވެންސް

ޓްރައިންޑް ޓީޗަރ

GS4

ޓީޗިންގ ސާރވިސް އޮފިސަރ 1

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/5020

-/2500

MS1

ޓީޗިންގ ސާރވިސް އޮފިސަރ 2

-  ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/5610

-/2500

ގްރެޖްއޭޓް ޓީޗަރ

MS2

ޓީޗިންގ ސާރވިސް އޮފިސަރ 3

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

-/6295

-/2500

ކޮލިފައިޑް ޓީޗަރ

MS3

ޓީޗިންގ ސާރވިސް އޮފިސަރ 4

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ ،

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރުއުޅެ ތަޖުރިބާ ލިބިފައިވުން.

-/7035

-/2500

MS4

ޓީޗިންގ ސާރވިސް އޮފިސަރ 5

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ އިތުރު ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތ،

- ކިޔަވައިދޭން ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު (ލެވެލް 8 ގެ ސަނަދެއް ނެތި)، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- ޓީޗިންގ ސާރވިސް އޮފިސަރ 4 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/7875

-/2500

EX1

ޓީޗިންގ ސާރވިސް އޮފިސަރ 6

- ކިޔަވައި ދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އަދި ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ

- ޓީޗިންގ ސާރވިސް އޮފިސަރ 5 ގެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/8835

-/2500

EX2

ޓީޗިންގ ސާރވިސް އޮފިސަރ 7

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

- ޓީޗިންގ ސާރވިސް އޮފިސަރ 6 ގެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/9890

-/2500

ސީނިއަރ ޓީޗަރ

EX3

ޓީޗިންގ ސާރވިސް އޮފިސަރ 8

- ޓީޗިންގ ސާރވިސް އޮފިސަރ 7 ގެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/11065

-/2500

EX4

ޓީޗިންގ ސާރވިސް އޮފިސަރ 9

- ޓީޗިންގ ސާރވިސް އޮފިސަރ 8 ގެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/12400

-/2500

EX5

ޓީޗިންގ ސާރވިސް އޮފިސަރ 10

- ޓީޗިންގ ސާރވިސް އޮފިސަރ 9 ގެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/13890

-/2500

EX6

ޓީޗިންގ ސާރވިސް އޮފިސަރ 11

- ޓީޗިންގ ސާރވިސް އޮފިސަރ 10 ގެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

-/15560

-/2500

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:      

- ޓައިމްޓޭބަލްއާ އެއްގޮތަށް ގްރޭޑް 1 އިން 7 އަށް ޤުރުއާން ކިޔަވައިދިނުން

- ދަރިވަރުންނަށް އުނގަންނައިދިނުމުގެ އެންމެހާ ޙަރަކާތްތައް ރާވައި ހިންގުން.

- ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ފެންވަރު މަތި ކުރުމަށް މަސައްކަތް ކުރުން.

- މުޖްތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއް ކަމަށް ހެދުން.

އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު: މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު 2014 ސެޕްޓެންބަރު 07 އިން 2014 ސެޕްޓެންބަރު 11 އާ ދެމެދުގެ ތާރީޚެއްގައި ނޮޅިވަރަމް ސްކޫލުގައި އޮންނާނެއެވެ. މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭއިރު ހޮވޭ ފަރާތްތަކަށެވެ.

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:   

- ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:            

ފޯން: 6520555

ފެކްސް: 6520097

މެއިލް އެޑްރެސް: [email protected]

ސުންގަޑި: ޝަރުޠު ހަމަވާ މީހުން 04 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މި ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅުއްވަންޖެހޭ ތަކެތި:         

- ސިވިލް ސާރވިސްގެ ވަޒީފާ އަށް އެދޭ ފޯމު (ފޯމު www.csc.gov.mv އިން ލިބެން ހުންނާނެއެވެ. އަދި ފޯމު ސްކޫލު އޮފީހުންވެސް ލިބެން ހުންނާނެއެވެ.)

- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ އަދި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުންތައް        

- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ 

- ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)

- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީ ގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

* މި މަޤާމަށް ހޮވޭ ފަރާތަށް ހަމަޖެހިފައިވާ އުސޫލުން މުސާރަ އާއި އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

30 ޝައްވާލު 1435

26 އޮގަސްޓް 2014
ހޯދާ