މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިސްލާމީ މަރުކަޒުގެ ގުއްބު މަރާމާތުކޮށް ދަވާދުލާނެ ފަރާތެއް ހޯދުން

އިޢުލާން

މި މިނިސްޓްރީގެ ނަންބަރު: (IUL)142-E1/1/2014/64 އިޢުލާނާ ގުޅިގެން އިސްލާމީ މަރުކަޒުގެ ގުއްބުގެ އެތެރޭގައި ދަވާދުލައި، ގުއްބުގެ ބައެއް މަރާމާތުތައް ކޮށްދިނުމަށް އަންދާސީހިސާބު ހުށަހަޅުއްވަން އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 7 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 9 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަމަވެ.

އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.

05 ޛުލްޤަޢިދާ 1435

 

31 އޮގަސްޓް 2014
ހޯދާ