ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް 3

ޢަދަދު

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (މާލެ)

އަސާސީ މުސާރަ

-/4،465 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

ސަރވިސް އެލަވަންސް -/1500 ރުފިޔާ،  ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %50

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހިން ދަށްވެގެން 'ސީ' ލިބިފައިވުން،

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS 2 ގެ ރޭންކުގެ ޝަރުތު ހަމަވެ، އެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތް

1- މެޖިސްޓްރޭޓު ކޯޓްތަކަށް ފޮނުވާތަކެތި ބޯޓުތަކާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް.

2-  މެޖިސްޓްރޭޓު ކޯޓްތަކުން މަރާމާތުކުރުމަށް ފޮނުވާ ތަކެތި ބޯޓުތަކުން ގެނެވޭނެގޮތް ހަނަޖައްސައިގެން އެތަކެތި ގެނައުމާއި، އެތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް.

3- ޑިޕާޓްމަންޓާއި މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ ތަކެތީގެ ކޯޓާޝަން ހޯދުމުގެ މަސައްކަތް.

4- ޑިޕާޓްމަންޓާއި މެޖިސްޓްރޭޓް ކޯޓުން ބޭނުންވާ ތަކެތި ހޯދުން.

5- ހަރުމުދަލުގެ  އިންވެންޓްރީއާގުޅޭ މަސައްކަތް.

6- ނީލަމަށް ފޮނުވަންޖެހޭ ތަކެތި ނީލަންކިއުމުގެ ހުއްދަހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތާއި، ނީލަން ކިއުމަށް ހުއްދަލިބޭތަކެތި ފޮނުވުމުގެ މަސައްކަތް.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ކުރިމަތިލާ ފަރާތުގެ ވަނަވަރު

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ  (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ )

ސުންގަޑި

 

07 ސެޕްޓެންބަރު 2014 ވާ އާދިއްތަ ދުވަހުގެ 15:00 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ.  

އިތުރު މަޢުލޫމާތު

 

 

މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ، ވަޒީފާއަށް އެދޭ ފޯމް، މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.

28 އޮގަސްޓް 2014
ހޯދާ