ފެކަލްޓީ އޮފް އާޓްސް
ދިވެހިރާއްޖެ
ސަބްޖެކްޓު އައުޓްލައިނެއް އެކުލަވައިލުން

މި ފެކަލްޓީގައި ހިންގަމުންގެންދާ ބައެއް ކޯސްތަކުގައި ކިޔަވައިދިނުމަށްޓަކައި ތިރީގައިވާ ޔުނިޓުގެ އައުޓްލައިން ލިޔުމަށް ބޭނުންވެއެވެ. މިއީ 000 ލެވެލްގެ މާއްދާއެކެވެ. މި މަސައްކަތަށް ކަނޑައެޅިފައިވާ އަގަކީ 7500.00ރ (ހަތްހާސް ފަސްސަތޭކަ) ރުފިޔާއެވެ.

-  އިންޓްރޮޑަކްޝަން ޓު ބައޮލޮޖީ

ވީމާ، މިއަގަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން ތިރީގައިވާ ގަޑިއަށް ފެކަލްޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގަޑިއަށް ވަޑައިގެން، ސީ.ވީ އާއެކު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. މި މަސައްކަތަށް އެދިވަޑައިގެން އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މަތީގައި ބަޔާންކޮށްފައިވާ މާއްދާއާގުޅޭ ދާއިރާއަކުން ޕީ. އެޗް .ޑީ، މާސްޓަރޒް ޑިގްރީ ނުވަތަ ބެޗްލަރޒް ޑިގްރީ ހާސިލުކުރައްވާފައިވާ ފަރާތްތަކުންނެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުއްވޭނެއެވެ.

ތަފުސީލު

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

04 ސެޕްޓެންބަރު 2014

14:30

އަންދާސީހިސާބު ހުށަހެޅުއްވުން

08 ސެޕްޓެންބަރު 2014

14:30

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3345177 ނުވަތަ 3345179 ނަންބަރާ ގުޅުއްވުން އެދެމެވެ.

02 ޛުލްޤަޢިދާ 1435

28 އޮގަސްޓް 2014
ހޯދާ