ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވެބްސައިޓެއް ފަރުމާކުރަން

އަންދާސީހިސާބު ބޭނުންވެއްޖެ

       މިއިދާރާއަށް ވެބްސައިޓެއް ފަރުމާކުރަން ބޭނުންވެގެން ކުރި T/IU/2014/012-ފ57 ނަންބަރު އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރޭގައި މިފަދަ މަސައްކަތެއް ކޮށްދިނުމަށް އެކަށޭނެ ފަރާތެއް ކުރިމަތިލާފައި ނުވާކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

       ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 7 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

7  ޛުލްޤަޢިދާ  1435    

01 ސެޕްޓެންބަރު 2014
ހޯދާ