ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްޞަފްވާގެ މަރާތުކުރުމަށް

މަސްޖިދުއްޞަފްވާގެ މަރާތުކުރުމަށްޓަކައި މިއިދާރާއިން ކުރި ނަންބަރު IUL)440-MSD/440/2014/34)ފ(26 އޮގަސްޓު 2014) އިޢުލާނުގެ މުއްދަތު ކުރުކަމުގައި ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.  

ފުވައްމުލަކު މަސްޖިދުއްޞަފްވާގެ މި ދަންނަވާ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 ސެޕްޓެންބަރު 2014 ދުވަހު 11:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ސެޕްޓެންބަރު 2014 ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށް ދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ދެންނެވިފައިވާ ދުވަސްތަކުގެ އެގަޑިތަކުގައި ދިގުވާނޑު ކައުންސިލުގެ އިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހިގެން އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

  1. މިސްކިތުގެ އިރުމަތީ ފެންޑާގެ ތަނބުތަކުގައި ހުރި ތަށިމުށިތައް ނައްޓައި އަލުން މުށިޖެހުން.
  2. މިސްކިތުގައި ބައެއް ފަންކާތައް ބަދަލުކޮށް އަލުން ހަރުކުރުން (ވަޔަރިންގެ މަސައްކަތާއެކު).
  3. މިސްކިތުގެ ސައުންޑް ސިސްޓަމް ބެހެއްޓުމަށް ކަބަޑު ސެޓެއް ޖެހުން.
  4. ސްޓޯރ ރޫމާއި ފާޚާނާގެ ދޮރުފަތް ބަދަލުކުރުން.
  5. ފާޚާނާގެ 3 ފެންލައިޓް ބަދަލުކުރުން.
  6. ފާޚާނާގެ ސީލިންގ ބަދަލުކުރުން.
  7. ކުލަ އާއި ދަވާދުލުން.

       މިހެންވެމިކަން އަންގައި އިޢުލާން ކުރަމެވެ.

6 ޛުލްޤަޢިދާ 1435

01 ސެޕްޓެންބަރު 2014
ހޯދާ