ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ގދ. މަޑަވެލީ ޞިއްޙީ މަރުކަޒުގައި ހުރި ބައެއް މަރާމާތްތައް ކުރަން

ގދ. މަޑަވެލީ ޞިއްޙީ މަރުކަޒުގައި ހުރި ބައެއް މަރާމާތުތައް ކުރަން ބޭނުންވެއްޖެ.

      ގދ. މަޑަވެލި ޞިއްޙީ މަރުކަޒުގައި ހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: ASMH/MSS/2014/13 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

      ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިހޮސްޕިޓަލުގެ އޮފީހަށް ނުވަތަ މަޑަވެލީ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 14 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

      މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތެއް އަންދާސީހިސާބު ހުށަހެޅުއްވުމަށާއި، މަޢުލޫމާތު ހޯއްދެވުމަށް ފޮނުއްވާނަމަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވެވުން އެދެމެވެ.

06 ޛުލްޤަޢިދާ 1435 

01 ސެޕްޓެންބަރު 2014
ހޯދާ