ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ތެޔޮބިމާއި ތެޔޮތާނގީތައް ކުއްޔަށް ދޫކުރުމާބެހޭ

ރައްޔިތުންގެ ނަމުގައި ތެޔޮ ވިއްކުމަށް ކިނބިދޫ އިރުމަތީ ޖެޓީއާ ގުޅިގެން އޮތް ހުސްބިމުން ޖެޓީއާ އިންވެގެން ނަގާފައިވާ ބިމާއި، ތެލުގެ ވިޔަފާރި ކުރުމަށް ހަދާފައިވާ ތާނގީތައް ޢާންމުކޮށް ތެލުގެ ޚިދުމަތް ދިނުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރަޕޯޒަލެއް ހުށަހަޅާ ފަރާތަކަށް ތެލުގެ ޚިދުމަތް ދިނުމަށް ކުއްޔަށްދޭގޮތަށް ހަމަޖައްސައިފީމެވެ. ކަމާގުޅޭ މަޢުލޫމާތުތައް ތިރީގައިމިވަނީއެވެ.

    1- ބިމުގެ ބޮޑުމިން: 50 ފޫޓު xފ50ފޫޓު (2500 އަކަފޫޓު)

    2- ތާނގީތަކުގެ އަދަދު:  4x8x8 ގެ 2 ތާނގީއާއި 4x8x8 ގެ 4 ތާނގީ

    3- މުއްދަތު: 15 އަހަރު

    4- ބިމުގައި ތެލުގެ ބާވަތްތަކުގެ އިތުރުން، ގޭހާއި، ހާޑްވެއަރ ސާމާނާއި، ތެޔޮ ވިއްކާ ތަނެއްގައި ސަރުކާރުން ހުއްދަކުރާ އެހެނިހެން ވިޔަފާރީގެ ބާވަތްތައް ވިއްކޭނެއެވެ.

    5- މީގެއިތުރުން ތަނުގައި ޢިމާރާތް ކުރުމާއި ތަން ތައްޔާރު ކުރުމަށް ކުލި ދައްކަން ނުޖެހޭގޮތަށް 5 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދެވޭނެއެވެ. މިގޮތުން މިބިމުގައި ކުރާ އެއްވެސް ޢިމާރާތެއް ނުވަތަ އިތުރަށް ބަހައްޓާ ޓޭންކެއްވިއަސް އަދި މިނޫންވެސް ތަނުގައި ހަރުކުރެވިފައިވާ އެއްވެސް އެއްޗެއް، މުއްދަތު ހަމަވެގެން ނުވަތަ އެނޫންވެސް ގޮތެއް މެދުވެރިވެގެން ތަން ދޫކޮށްލާން ޖެހިއްޖެ ހިނދެއްގައި ދޫކޮށްލާއިރު، މިއިން އެއްވެސް އެއްޗަކަށް ބަދަލު ދިނުމެއް ނޯންނާނެއެވެ.

    6- މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 10 ސެޕްޓެންބަރު 2014 ބުދަ ދުވަހުގެ މެންދުރު ކުރީގެ 11:00 ގައި މިއިދާރާގައެވެ. ޕްރަޕޯޒަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 17 ސެޕްޓެންބަރު 2014 ބުދަ ދުވަހުގެ މެންދުރު ކުރީގެ 11:00 ގައި މިއިދާރާގައެވެ. މަޢުލޫމޫތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ޕްރަޕޯޒަލް ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު

            - ހުށަހަޅާ އެންމެ ރަނގަޅު އަގަށް %80  (ހުށަހެޅޭ އެންމެ ކުޑައަގު / ހުށަހެޅި އަގު 80x)

            - މާލީ ތަނަވަސްކަން   (ބޭންކްގައި ފައިސާ އެންމެ ގިނަ އަދަދު / ފައިސާގެ އަދަދު 10x)

            - ތަޖުރިބާއަށް       (މިބަޔަށް ޕޮއިންޓް ދެވޭނީ މިފަދަ މަސައްކަތްތަކާއި، މިނޫންވެސް ރަސްމީ ވިޔަފާރިއެއްގެ މަސައްކަތްތައް ކޮށްފައިވާނަމަ އެމަސައްކަތްތައް ކޮށްފައިވާ ކަމުގެ ލިޔުންތައް ހުށަހެޅުމުން އެލިޔުންތަކުގެ މައްޗަށް ރިޢާޔަތް ކޮށެވެ.)         

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ. 

01 ޛުލްޤަޢިދާ 1435

27 އޮގަސްޓް 2014
ހޯދާ