އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް:

އެމް.އެސް 3

ކްލެސިފިކޭޝން

އެސިސްޓެންޓް ޑިރެކްޓަރ

އޮފީސް / އިދާރާ

އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން

އެޓޯލް ޑިވެލޮޕްމަންޓް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން

އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް

މުސާރަ

-/7,035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000 ރުފިޔާ

ބޭނުންވާ އަދަދު:

01 (އެކެއް)

 

މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ.
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ.
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓްގެ މަސައްކަތް މުވައްޒަފުންނާ ހަވާލުކޮށް، މުވައްޒަފުންގެ މަސައްކަތް މޮނިޓަރ ކުރުމާއި، މަސައްކަތު ފެންވަރުބަލާ ފޯމު ފުރުމާބެހޭ ކަންކަން އިންތިޒާމުކޮށް ހިންގައި ބެލެހެއްޓުން
  2. އަތޮޅުގައި ކުރިއަށްދާ ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.
  3. އަތޮޅު ކައުންސިލާއި ރަށުކައުންސިލްތަކުން ރާވައި ހިންގާ ޢުމްރާނީ، އިޤްތިޞާދީ ތަރައްޤީގެ ޕްރޮގުރާމުތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.
  4. ކްލަބް/ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ސިޔާސީ ޕާޓީތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން
  5. ކައުންސިލްގެ އިޤްތިޞާދީ ވަޞީލަތްތައް ބެލެހެއްޓުމާއި، ކައުންސިލްގެ އިޚްތިޞާސް އާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެޓުން
  6. ވޭސްޓް މެނޭޖްމަންޓާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން
  7. މީގެ އިތުރުން، އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލުން ހަވާލުކުރާ އެންމެހައި ކަންކަން ކުރުން.   

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ
  3. ލިބިފައިވާ ހުނަރު

                 

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނު ކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި އޮންނާނެއެވެ. އިންޓަވިއު އޮންނަ ތަނާއި ތާރީޚާއި ގަޑި ފަހުން އެންގޭނެ އެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މި މަޤާމަށް އެދެންވާނީ، ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2014 ސެޕްޓެންބަރު 09 ވާ އަންގާރަ ދުވަހު މެންދުރު 12:00 އެވެ. ފޯމު ހުށަހަޅާނީ، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ.

އުޖޫރަ އާއި އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް ދެވޭނެ އެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އއ.އަތޮޅު ކައުންސިލް އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6660606 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ. ފެކްސް ނަންބަރަކީ، 6660707 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

29  ޝައްވާލު  1435

25 އޮގަސްޓް 2014
ހޯދާ