ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މީހަކު ބޭނުންވެއްޖެ

ސިވިލް ސަރވިސް ކޮމިޝަނުގެ "އޮކިއުޕޭޝަނަލް ކްލެސިފިކޭޝަން ޕްރޮޖެކްޓް ފޮރ ސިވިލް ސަރވިސް" ގެ މަސައްކަތްތައް ކުރުމަށް މީހަކު ބޭނުންވެއްޖެ

މަސައްކަތް ކުރަންޖެހޭ އިދާރާ:

ސިވިލް ސަރިސް ކޮމިޝަން، އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޔުނިޓު

މަސައްކަތް ކުރަންޖެހޭ ގަޑި:

ހެނދުނު 08:00 އިން 15:00 އަށް

މަސައްކަތުގެ އުޖޫރަ:

މުސާރަ އާއި އެލަވަންސް: މަހަކު -/13,500 ރުފިޔާ

މަސައްކަތުގެ މުއްދަތު:

04 މަސް

މަސައްކަތް ކުރުމަށް ބޭނުންވާ މީހާގެ ތަޢުލީމާއި ތަޖުރިބާ:

  1. ހިޔުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  2. ހިޔުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ހިޔުމަން ރިސޯސް ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާތަކުގެ ކްލެސިފިކޭޝަން ސިސްޓަމާއި ގްރޭޑިންގ ސިސްޓަމް އެކުލަވާލުމާއި، ސިވިލް ސަރވިސްގެ ވަޒީފާތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި ހިންގުމުގައި އެހީތެރިވުން.
  2. ސިވިލް ސަރވިސްގެ ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑު އެކުލަވާލުމާއި، ސިވިލް ސަރވިސްގައި ހިމެނޭ އިދާރީ އަދި ފަންނީ މަޤާމުތަކާއި އެހެނިހެން މަޤާމުތަކުގެ ޝަރުޠުތަކުގެ އޮނިގަނޑު އެކުލަވާލައި މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރުމާއި ބެލެހެއްޓުމުގައި އެހީތެރިވުން
  3. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ ޓޫލްކިޓު ތައްޔާރު ކުރުމުގައި އެހީތެރިވުން.
  4. ސިވިލް ސަރވިސްގައި ހިމެނޭ އޮފީސްތަކުގެ އިދާރީ އޮނިގަނޑު މުރާޖަޢާކުރުމުގެ މަސައްކަތް ކުރުމާއި ބެލެހެއްޓުން.
  5. މަސައްކަތްތަކާ ގުޅިގެން  ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3303647 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected]  އަދި  [email protected] އެވެ.   

ސުންގަޑި:

މި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުން 04 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ) އަށް ތިރީގައި ބަޔާންކުރާ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް/ފެކްސް ކުރެއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މި މަސައްކަތް ކުރުމަށް އެދޭކަމުގެ ސިޓީ
  2. މަސައްކަތް ކުރުމަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  3. މަސައްކަތް ކުރުމަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. މަސައްކަތް ކުރުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ޝޯޓްލިސްޓު ކުރުމާއި އިންޓަވިއު ކުރުން:

މި މަސައްކަތް ކުރުމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2014 ސެޕްޓެންބަރު 07 އާއި 2014 ސެޕްޓެންބަރު 18 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

29 ޝައްވާލު 1435

25 އޮގަސްޓް 2014
ހޯދާ