ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
މަސައްކަތު

މިޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު:                 މަސައްކަތު

މަޤާމުގެ ކްލެސިފިކޭޝަން        ސަޕޯރޓް ސްޓާފް ގްރޭޑް 1

ރޭންކް:                    މަސައްކަތު

ސެކްޝަން:                 އެޑްމިނިސްޓްރޭޓިވް ސެކްޝަން

މުސާރަ:                   -/3100ރ

ސަރވިސް އެލަވެންސް:          -/1000ރ

އަދަދު:                    1 (އެކެއް)

ތައުލީމާއި ތަޖުރިބާ:             ލިޔަން ކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:      

-         ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ސެކްޝަންތަކުގެ، ފާޚާނާތައް ސާފުކުރުން

-         ސްޓޮކަށް ގެނެވޭ ތަކެތި ސްޓަކަށް ވެއްދުމާއި، ސްޓޮކުންނަގާ މުދާތައް ސެކްޝަންތަކާ ހަވާލުކުރުން

-         ކޮންފަރެސް ރޫމް އަދި ސައިކޮޓަރި ސާފުކުރުން

-         އޮފީހުން/ ސެކްޝަންތަކުން ފޮނުވާ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް ނުވަތަ ތަކެތި ކަމާބެހޭ ފަރާތްތަކަށް ހަވާލުކުރުން

-         މީޓިންގތަކަށް ކޮފީ/ސައި ތައްޔާރުކުން

-         އޮފީހުގެ މެއިންޓެނަންސް މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

އެޕްލިކޭޝަން ފޯމު ހުށަހަޅަންވީ ތާރީޚު: 04 ސެޕްޓެންބަރު 2014 ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން  ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް (ހ. ވެލާނާގެ / 1ވަނަ ފަންގިފިލާ)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލޭނެ ކަންތައްތައް:           ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއުއިން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.

އިންޓަވިއު ކުރުން:                މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، (15 - 18 ސެޕްޓެންބަރު 2014) މި މުއްދަތު ތެރޭގައި އެންގޭނެއެވެ.

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 333 0411 ނަންބަރު ފޯނާއެވެ. މިޑިޕާޓްމަންޓްގެ ވެބްސައިޓް www.immigration.gov.mv އިން ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (1/2007) އަދި އިމިގްރޭޝަނާބެހޭ ގަވާއިދު ބައްލަވައި މަޢުލޫމާތު ހޯއްދެވުން އެދެމެވެ. އަދި މިޑިޕާޓްމަންޓުގެ ވެބްސައިޓުން ދިވެހި ސިވިލް ސަރވިސް އަށް އެދޭ ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

28 ޝައްވާލު 1435

24 އޮގަސްޓް 2014
ހޯދާ