މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އެނަލިސްޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެންވަޔަރަންމަންޓް އެނަލިސްޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި އިނާޔަތްތައް

މުސާރަ: -/6,295 ރ، ސަރވިސް އެލަވަންސް: -/2,000 ރ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

1

ޝަރުޠު

  1. ޕްރޮޖެކްޓް ނުވަތަ ސައިންސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ޕްރޮޖެކްޓް ނުވަތަ ސައިންސްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ޕްރޮޖެކްޓް ނުވަތަ ސައިންސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ޕްރޮޖެކްޓް ނުވަތަ ސައިންސް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ޕްރޮޖެކްޓް ނުވަތަ ސައިންސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
  4. ޕްރޮޖެކްޓް ނުވަތަ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- އައި.ޕީ.ސީ.ސީ އާއި ޔޫ.އެން.އެފް.ސީ.ސީ.ސީ އަށް ރާއްޖެއިން ހުށަހަޅަންޖެހޭ ތަކެތި ތައްޔާރު ކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެއްކޮށް، ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

2- އައި.ޕީ.ސީ.ސީ އާއި ޔޫ.އެން.އެފް.ސީ.ސީ.ސީ ގެ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުކޮށް، ބައްދަލުވުމަށްފަހު ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.

3- މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންތައްތައް ބަލައި ދިރާސާ ކުރުމުގައި އެހީތެރިވެދިނުން.

4- ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން އެންޑް މިޓިގޭޝަނަށް ބޭނުންކުރެވޭ ޓެކްނޮލޮޖީސްގެ މަޢުލޫމާތު ހޯދުން.

5- ކްލައިމެޓް ޗޭންޖާބެހޭ އެވެއާނަސް މެޓީރިއަލްސް ތައްޔާރުކޮށް، އެފަދަ އެވެއާނަސް ކެމްޕޭނު ހިންގުމުގައި އެހީތެރިވެދިނުން.

6- ކްލައިމެޓް ޗޭންޖުގެ އެކި މުޢާހަދާތަކަށް ކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.

7- ޑިޕާޓްމަންޓުން ތައްޔާރުކުރާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން އެންޑް މިޓިގޭޝަން ޕްރޮޖެކްޓް ކޮންސެޕްޓުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

8- ޑިޕާޓްމަންޓުގައި ހިންގޭ އަދި ޑިޕާޓްމަންޓާ ގުޅުންހުރި ޕްރޮޖެކްޓުތަކުގައި ޑިޕާރޓްމަންޓުން ދޭންޖެހޭ އެއްބާރުލުން ދިނުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މޫސުމަށް އަންނަ ބަދަލުތަކާއި ނުވަތަ މި ދާއިރާއާ ގުޅުންހުރި މަޝްރޫޢުތަކާއި ޕްރޮގުރާމުތައް ހިންގުމުގައި ތަޖުރިބާ ލިބިފައިވާ މިންވަރު.
  2. ތިމާވެއްޓާއި ހަކަތައާ ގުޅޭ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މިންވަރު.
  3. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތާކާއި މި ދާއިރާގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.
  4. ދިވެހިރާއްޖޭގެ ތިމާވެއްޓާއި އޭގެ ނާޒުކުކަމާ ބެހޭގޮތުން މަޢުލޫމާތު ލިބިފައިވާ މިންވަރު.
  5. ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުޢާހަދާތަކާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު.
  6. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
  • ސުންގަޑި: 9 ސެޕްޓެންބަރު 2014 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  • އިންޓަވިއު އާއި އިމްތިޙާނު ކުރުން 9 ސެޕްޓެންބަރު 2014 އާއި 9 އޮކްޓޫބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

 2 ޛުލްޤަޢިދާ  1435 

28 އޮގަސްޓް 2014
ހޯދާ