ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކައްދޫ އެއަރޕޯޓުގެ ބަނދަރުގެ މަގަތު ފާލަން (ކީވޯލް) މަރާމާތުކޮށްދެއްވުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ކައްދޫ އެއރޕޯޓު ބަނދަރުގެ މަގަތު ފާލަން (ކީވޯލް) މަރާމާތުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. 

  2. މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮގަސްޓު 2014ވާ އާދީއްތަ ދުވަހުގެ 14:00 އަށް ކައްދޫ އެއަރޕޯޓު އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 ސެޕްޓެންބަރު 2014ވާ އަންގާރަ ދުވަހުގެ 14:00އަށް ލ. ކައްދޫ އެއރޕޯޓު އޮފީހަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

  3. މި މަސައްކަތަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި "ކައްދޫ އެއަރޕޯޓުގެ މަގަތު ފާލަން މަރާމާތު ކުރުން" މިގޮތަށް ޖައްސަވާފައެވެ. ބީލަމުގެ ސުންގަޑި ހަމަވުމުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ.

    25 ޝައްވާލް 1435

21 އޮގަސްޓް 2014
ހޯދާ