މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މުވައްޒަފުންނާއި ބަންދު މީހުންނަށް ކައްކައި ކާން ދިނުމާބެހޭ

މި ސަރވިސްގެ ތިލަފުށީ ސައިޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ޤައިދީންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ، 1 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

4 ސެޕްޓެންބަރު 2014

ބުރާސްފަތި

10:00

އަންދާސީހިސާބު ހުށަހެޅުން

11 ސެޕްޓެންބަރު 2014

ބުރާސްފަތި

10:00

30 ޝައްވާލު 1435

26 އޮގަސްޓް 2014
ހޯދާ