މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދެ އެކްސްރޭ މެޝިން ސާވިސްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން

މި ކުންފުނީގެ ބޭނުމަށް މާލޭ ވިޔަފާރި ބަނދަރުގެ ބެގޭޖްރޫމުގައްޔާއި ގުދަންތެރޭގައި ބެހެއްޓިފައިވާ ދެ އެކްސްރޭ މެޝިން ސާވިސްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު:PRC/I-2014/86-ފ113 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިއުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 04 ސެޕްޓެންބަރު 2014 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ސެޕްޓެންބަރު 2014ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބާއެކު މި ކުންފުނީގެ ހެޑްއޮފީހަށް ހާޒިރުވެވަޑައިގެން ދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

02 ޛުލްޤަޢިދާ 1435

28 އޮގަސްޓް 2014
ހޯދާ