ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުއްދަތު

03 މަސް ދުވަސް

އަދަދު

03

މުސާރަ

މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/270 ރުފިޔާ (ދުވާލަކު 7 ގަޑިއިރު) އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ތަޢުލީމާ ތަޖުރިބާ

- އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑު ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑު ލިބިފައިވުން.

ކުރަންޖެހޭ މަސައްކަތް

- އިދާރީގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް.

- ޑީ.އެޗް.އީ ކައުންޓަރުގެ މަސައްކަތް.

- ހަޔަރ އެޑިއުކޭޝަން ކައުންސިލްގެ ޖަލްސާތައް ބޭއްވުމަށްޓަކައި ފައިލް ތައްޔާރު ކުރުމާއި ޖަލްސާއަށް ދެންނެވުން ފޮނުވުމާއި ކޯރަމް ހަމަވޭތޯ ބެލުމާއި ޖަލްސާއާ ގުޅޭ މިފަދަ މަސައްކަތްތައް

- ހަޔަރ އެޑިއުކޭޝަން ކައުންސިލްގެ ޔައުމިއްޔާ ތައްޔާރު ކުރުމުގައި އެހީތެރިވުން.

- މަތީ ތަޢުލީމާބެހޭ މަޖިލިސްގެ ޖަލްސާތަކުގެ ނިންމުންތައް ކަމާބެހޭ ފަރާތްތަކަށް އެންގުމުގައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

- އެކްޝަންޕްލޭންގެ ސްޓޭޓަސް އަޕްޑޭޓު ކުރުމުގެ މަސައްކަތުގައި އެހީތެރިވުން.

- މަތީ ތަޢުލީމުދޭ މަރުކަޒުތައް މޮނިޓަރ ކުރުމުގެ މަސައްކަތް

- މަތީ ތަޢުލީމާބެހޭ ޕްލޭންތައް ތައްޔާރު ކުރުމުގެ މަސައްކަތުގައި އެހީތެރިވުން.

- މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ތަފާސްހިސާބު ހޯދުމުގެ މަސައްކަތް

- ޑިޕާޓަމްންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ދޫކުރާ ލޯން، ސްކޮލަރޝިޕް އަދި ސަރުކާރުގެ އޮފީސްތަކުންނާއި މިނިވަން މުއައްސަސާތަކުން ކިޔަވާ ކުދިންގެ ތަފާސްހިސާބު ހޯދައި ބެލެހެއްޓުމުގެ މަސައްކަތް

- މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީ ކޮށްދިނުމުގެ މަސައްކަތުގައި އެހީތެރިވުން

- އެންސީއައިޓީ އާ ގުޅިގެން ޑޭޓާބޭސްގެ މަސައްކަތް ކުރުމުގައި އެހީތެރިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު

- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ޓެސްޓެއް ދިނުން

- މަސައްކަތުގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމާއި، މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު ވަޒަންކުރުމަށްޓަކައި، އިންޓަވިއު ކުރުން

ހުށަހަޅަން ޖެހޭތަކެތި

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާރޓްމަންޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ).

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ރ- މަސައްކަތުގެ ތަޖުރިބާ އަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ އެކަން ދެނެގަތުމަށް، މަސައްކަތް ކުރައްވާފައިވާ ނުވަތަ ކުރައްވަމުން ގެންދަވާ އިދާރާތަކުން ހޯއްދަވާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި ކުރެއްވި މަސައްކަތް އަދި މުއްދަތު އެނގެން އޮންނަންވާނެއެވެ. މިލިޔުން ތަކުގައި ވަޒީފާ އަދާކުރައްވަން ފެއްޓެވި އަދި ވަކިވި ދުވަސް/މަސް/އަހަރު ވެސް އެގެން އޮންނަންވާނެއެވެ.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް

ސުންގަޑި

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 04 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

އިންޓަވިއު

މިކަމަށް އެދި ހުށަހަޅާ ފަރާތްތަކާ ކުރެވޭ އިންޓަވިއު އޮންނާނީ 07-11 ސެޕްޓެންބަރު 2014 ދެމެދުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނެ ނަންބަރަކީ 3341307، 3341303 އެވެ.

25 ޝައްވާލު 1435

21 އޮގަސްޓް 2014
ހޯދާ