ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކައުންސިލްތަކުގައި ބޭނުންކުރުމަށް ކުއިކްބުކްސް ޕްރޯ 2014 ގަތުން

              ކައުންސިލްތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން މިއޮތޯރިޓީއިން ކުރިއަށްގެންދާ  މަޝްރޫޢުގެ ދަށުން ކައުންސިލްތަކުގައި ބޭނުން ކުރުމަށް ކުއިކްބުކްސް ޕްރޯ 2014 ސޮފްޓްވެއަރ އިންސްޓޯލްކޮށް އެބޭނުންކުރާނެގޮތުގެ ތަމްރީނު ކައުންސިލްތަކަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 8 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 13:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

              މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

 25 ޝައްވާލު 1435

21 އޮގަސްޓް 2014
ހޯދާ