އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ކައުންސިލްގެ ބައި-އިލެކްޝަން

ނ. ކެނދިކުޅުދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 2014 އޮގަސްޓު 16 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު، 2014 ޖުލައި 1 ވީ އަންގާރަ ދުވަހުގެ ހެނދުނު 9:30 ން ފެށިގެން 2014 ޖުލައި 14 ވީ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުޅުވާލައި މިކޮމިޝަނުން ކޮށްފައިވާ ނަންބަރު:(A)CA-2014/332 (30 ޖޫން 2014) ގެ އިޢުލާނާ ގުޅިގެން، މި ބައި-އިލެކްޝަނަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންނެވެ. އެއީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިލި ކުޅުދޫ. އާރާދަނާގެ، ނ. ކެނދިކުޅުދޫ، އަޙްމަދު ރާޝިދުއެވެ.

ވީމާ، ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ނ. ކެނދިކުޅުދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިލި ކުޅުދޫ. އާރާދަނާގެ، ނ. ކެނދިކުޅުދޫ، އަޙްމަދު ރާޝިދު، އިންތިޚާބު ވެއްޖެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

18 ރަމަޟާން 1435

16 ޖުލައި 2014
ހޯދާ