މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފިޠުރުޒަކާތް ބަލައިގަތުމާއި، ފައިސާ ދޫކުރުމާބެހޭ

1435 ވަނަ އަހަރުގެ ރަމަޟާންމަހު ފިޠުރުޒަކާތް ދައްކަން އަންނަ ފަރާތްތައް އިތުރުވަމުން އަންނާތީ، 19 ޖުލައި 2014 ވާ ހޮނިހިރު ދުވަހަކީ ފިޠުރުޒަކާތް ބަލައިގަންނަ ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފީމެވެ. ފިޠުރުޒަކާތަށް ލިބޭފައިސާ ފަޤީރުންގެ ގޮތުގައި ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް ދޫކުރުން އޮންނާނީ ރަމަޟާން މަހުގެ 28 ،29 (ޖުލައި 26 ،27) މިދެދުވަހުގެ 10:30 އިން ފެށިގެން ކަމުގައި ދެންނެވީމެވެ.

މާލޭގައި ދިރިއުޅޭ ފަޤީރުންނަށް ފައިސާ ދޫކުރާނީ މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒުންނެވެ. ހުޅުމާލޭގައި ދިރިއުޅޭ ފަޤީރުންނަށް ފައިސާދުކުރާނީ ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުންނެވެ. އަދި ވިލިނގިލި އަވަށުގައި ދިރިއުޅޭ ފަޤީރުންނަށް ފައިސާ ދޫކުރާނީ ވިލީމާލެ އޮފީސް އިންކަމުގައި ދެންނެވީމެވެ. ފަޤީރުންގެ ލިސްޓުގައި ނަންނޯޓް ކުރެވިފައިވާ ފަރާތެއްގެ އައިޑީކާޑު ހިފައިގެން ބަދަލުގައި މީހަކު އައި ކަމުގައި ވީނަމަވެސް އެއީ އައިޑީކާޑުގެ ވެރިފަރާތުން ފޮނުވި މީހެއްކަމަށްބަލައި އެފަރާތުގެ ފައިސާ އައިޑީކާޑު ގެންނެވި ފަރާތަށް ދޫކުރެވޭނެއެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުގެންދަވާ ފަރާތްތަކަށް ފަހުން ފައިސާ ދޫކުރާގޮތަށް ހަމަޖެހިފައި ނުވާވާހަކަ ދެންނެވީމެވެ. 

އަދި ދަންނަވަމެވެ. އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ ފަޤީރުންނަށް ފައިސާ ދޫކުރުން އޮންނާނީ އެމީހަކު ނަންނޯޓް ކޮށްފައިވާ ކައުންސިލް އިދާރާއަކުންނެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

17 ރަމަޟާން 1435

15 ޖުލައި 2014
ހޯދާ