މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
އަގު ފާސްކުރުމުގެ ކުރީން ޚިދުމަތަށް އަގު ނުނެގުން

"އައިސްޓީވީ" އަކީ އަގު ނަގައިގެން ބްރޯޑްކާސްޓްކުރެވިދާނޭ ޗެނެލެއްގެ ގޮތުގައި މި ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވާ ބްރޯޑްކާސްޓަރެކެވެ. ނަމަވެސް އެއްވެސް ރީބްރޯޑްކާސްޓަރަކު އެ ފަރާތެއްގެ ޚިދުމަތުގައި ދެއްކޭ ޗެނެލްތަކަށް އެ ފަރާތުން ނަގާ އަގުތަކަކީ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 32ވަނަ މާއްދާގެ ދަށުން، މި ކޮމިޝަނަށް ހުށަހަޅައި ފާސްކުރަން ޖެހޭ އެއްޗެކެވެ. 

ކަން މިހެން އޮތްއިރު، މިހާރު މީޑިއާނެޓް ގެ ފަރާތުން "އައިސް ޓީވީ އާ އެކު ބޯނަސް ސޮނީ6 އެޗް.ޑީ" ގެ ނަމުގައި -/100ރ. އަށް ވިއްކުމަށް މިހާރު އިޝްތިހާރު ކުރަމުންދާ ޕްރޮޑަކްޓް އަކީ މި ކޮމިޝަނަށް އަގު ފާސްކުރުމަށް އަދި ހުށަހަޅައިފައި ނުވާ އެއްޗެއް ކަމުގައި ދެންނެވީމެވެ.

ވީމާ، ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، މީޑިއާނެޓުން ދިނުމަށް އިޝްތިހާރުކުރާ ޕްރޮޑަކްޓްގެ އަގުތައް ކޮމިޝަނަށް ހުށަހަޅައި ފާސްކުރުމަށާއި އަގު ފާސްނުކޮށް އެއްވެސް ޕެކެޖެއް ތައާރަފްނުކުރުމަށް މީޑިއާނެޓަށް އަންގާފައިވާނޭކަން ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. 

2 ރަމަޟާން 1435

30 ޖޫން 2014
ހޯދާ