އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން އެކުލަވާލާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރަން ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި ޤާނޫނު ނަންބަރު 2008 /10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމަށް 2014 ޖުލައި 13 ވާ އާދީއްތަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ގޮތުން މިއޮފީހުގެ ނަންބަރު (IUL)32-A/1/2014/32 (23 ޖޫން 2014) ގެ އިޢުލާނުން ހުޅުވާލާފައިވާ ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި އެއްވެސް ޝަކުވާ އެއް ލިބިފައިނުވާތީ، އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކުރީމެވެ.

އަދި، މި އިންތިޚާބުގައި މާލެ ފިޔަވައި ދިވެހިރާއްޖޭގެ އެހެން ރަށެއްގައި ވޯޓުލުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓަރީވުމަށް މިއޮފީހުގެ ނަންބަރު (IUL)32-A/1/2014/31 (19 ޖޫން 2014) ގެ އިޢުލާނުން ހުޅުވާލި ފުރުޞަތުގެ ތެރޭގައި ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެ ރަށެއްގައި ވޯޓުލުމަށް މަދުވެގެން 5 (ފަހެއް) ވަކީލުން ރަޖިސްޓަރީވުމަށް ލިޔުމުން އެދިފައިވާ އަތޮޅުތަކާއި ރަށްތައް ތިރީގައި މިވަނީއެވެ.

  1. ތިލަދުންމަތި އުތުރުބުރި އިހަވަންދޫ
  2. ތިލަދުންމަތި ދެކުނުބުރި ކުޅުދުއްފުށި
  3. ކޮޅުމަޑުލު ވޭމަންޑޫ
  4. ހައްދުންމަތި ފޮނަދޫ
  5. ހުވަދުއަތޮޅު އުތުރުބުރި ވިލިނގިލި

 ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

3 ރަމަޟާން 1435                                                   

01 ޖުލައި 2014
ހޯދާ