ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ވިޜުއަލް އާޓްސް ގެ ދާއިރާއިން، މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުން

ވިޜުއަލްއާޓްސް ގެ ދާއިރާއިން،މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުން

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައިސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، 2014 ވަނަ އަހަރު ދެއްވުމަށް ހަމަޖެހިފައިވާ ގިންތިތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުން" މި ގިންތިން، ވިޜުއަލް އާޓްސްގެ ދާއިރާއިން މިއަހަރު އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މި އިނާމު ދެއްވާގޮތަށް ހަމަޖެހިފައިވަނީ، ދިވެހިރާއްޖޭގެ ތާރީޚީ ހާދިސާތަކުގެ މައްޗައް ލިޔެފައިވާ ވާހަކަތައް އަސްލަކަށް ބަލައިގެން އެވާހަކަތަކުގެ އަޞްލު ނުގެއްލޭ ގޮތަށް، ކުރެހުމުން ހުށަހަޅާ ހުށަހެޅުންތައް ވަޒަންކޮށް، އެ ހުށަހެޅުންތަކުގެ ތެރެއިން، އެންމެ ގިނަ މާކުސް ލިބޭ ހުށަހެޅުމެއް ހުށަހެޅި ފަރާތަށް ނުވަތަ ފަރާތްތަކަށެވެ.

މި އިނާމަށް ހުށަހެޅޭ ކުރެހުމުގެ މަސައްކަތްތައް އާންމުންނަށް ދައްކާލުމަށް "ކުރެހުންތެރިކަމުގެ ތެރެއިން ދިވެހި ތާރީޚު 2014" މި ނަމުގައި މައުރަޒެއް ބޭއްވޭނެއެވެ.

މި އިނާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާނެ މުހިންމު މަޢުލޫމާތު ތިރީގައި މިވަނީއެވެ.

1. ކުރެހުމުގެ މަސައްކަތް ވަޒަންކުރުމަށް ހަމަޖެހިފައިވަނީ ދެ އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ:

(ހ) 18 އަހަރާއި 35 އަހަރާ ދެމެދު (2014 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހަށް 18 އަހަރު ފުރި، 35 އަހަރު ނުފުރޭ ފަރާތްތައް)

(ށ) 35 އަހަރުން މަތި (2014 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހަށް 35 އަހަރު ފުރިފައިވާ ފަރާތްތައް)

2. މި އިނާމަށް އެދި ހުށަހަޅާ ކުރެހުމުގެ މަސައްކަތުގައި ތިރީގައި މިވާ ސިފަތައް ހުންނަންޖެހޭނެއެވެ. މިއިން ސިފައެއް އުނިވެއްޖެނަމަ، އިނާމަށް ވަނަ ހޮވުމުގައި އެ މަސައްކަތެއް ނުހިމެނޭނެއެވެ.

(ހ) ދިވެހިރާއްޖޭގެ ތާރީޚުގެމައްޗަށް ލިޔެފައިވާ ވާހަކައެއް އަސްލަކަށް ބަލައިގެން އެވާހަކައިގެ އަސްލު ނުގެއްލޭގޮތަށް ކުރެހުމަކުން ނުވަތަ ކުރެހުންތަކަކުން ސިފަކޮށްދިނުން.

(ށ) އެއް ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ އެއް ހުށަހެޅުމެއް ކަމުގައިވުން.

(ނ) އެވާހަކައެއްގެ މައްޗަށް ކުރެހުން ނުވަތަ ކުރެހުންތައް ބިނާކޮށްފައިވާ ވާހަކައިގެ ރެފަރަންސާއި ޚުލާޞާއެއް ހުށަހެޅުން.

(ރ) ހުށަހެޅުމުގައި ގިނަވެގެން 20 ކުރެހުމަށްވުރެ އިތުރަށް ކުރެހުން ނުހިމެނުން.

(ބ) ވާހަކަ ނުވަތަ ވާހަކައިން ތަމްސީލުކުރާނެކަމަށް ބަޔާންކޮށްފައިވާ މިންވަރު ތަމްސީލުވުން.

(ޅ) ހުށަހެޅުމުގައި ހިމެނޭ ކޮންމެ ކުރެހުމެއްގެ ސައިޒް، ކުޑަވެގެން  1  1′   (އެއްފޫޓު x އެއްފޫޓު) އަށްވުރެ ކުޑަނުވާނޭ ގޮތުގެމަތިން އަދި ބޮޑުވެގެން '4 '4 (ހަތަރުފޫޓު x ހަތަރުފޫޓު) އަށްވުރެ ބޮޑުނުވާނޭ ގޮތުގެމަތިން ބޭނުން މިނަކަށް ހުށަހެޅުން.

(ކ) ކުރެހުން ނުވަތަ ކުރެހުންތަކަކީ ނަކަލު ކޮށްފައިވާ އެއްޗަކަށް ނުވުމާއި، އިނާމަށް ކުރިމަތިލާ ފަރާތުން ކުރެހި ކުރެހުމެއް ނުވަތަ ކުރެހުންތަކެއް ކަމުގައިވުން.

3. ކުރެހުން ނުވަތަ ކުރެހުންތައް ތައްޔާރުކުރުމުގައި ކޮންމެ ވައްތަރެއްގެ މީޑިއަމެއްވެސް ބޭނުންކުރެވިދާނެއެވެ.

4. އިނާމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށް ހުށަހެޅޭނީ، އެއް ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ އެއް ހުށަހެޅުމެކެވެ.

5. މި އިނާމު ދެވޭނީ، މި އިނާމަށް އެދި މަދުވެގެން އެ އުމުރުފުރައަކުން 3 ފަރާތުން ކުރެހުމުގެ މަސައްކަތް ހުށަހަޅާފައިވާނަމައެވެ. މިއިން އުފެއްދުމަކީ މީގެ ކުރިން ސަރުކާރުން ނުވަތަ އެހެން ފަރާތަކުން ބާއްވާފައިވާ މުބާރާތަކަށް ނުވަތަ މައުރަޒަކަށް ނުވަތަ ފެއަރއަކަށް ހުށަހަޅާފައިވާ އުފެއްދުމަކަށް ވެގެންނުވާނެއެވެ.

6. މި އިނާމަށް ހުށަހަޅާ ކުރެހުމުގެ މަސައްކަތް ވާންވާނީ މި އިޢުލާނުކުރެވުނު ފަހުން ކޮށްފައިވާ މަސައްކަތަކަށެވެ. މި އިނާމަށް ހުށަހަޅާ ކުރެހުންތަކުގެ މިލްކުވެރި ފަރާތަކީ އެ ކުރެހުންތައް ކުރަހައި ހުށަހެޅި ފަރާތެވެ. މި އިނާމަށް ހުށަހަޅާ ފަރާތުގެ ކުރެހުންތައް ދައްކާލުމަށް ބޭއްވޭ "ކުރެހުންތެރިކަމުގެ ތެރެއިން ދިވެހި ތާރީޚު 2014" މައުރަޒު އިޝްތިހާރުކުރުމަށް ކުރެހުންތައް ބޭނުންކުރެވޭނެއެވެ.

7. އިނާމަށް ހުށަހަޅާ ކުރެހުންތައް ވަޒަންކޮށް މާކުސްދޭނީ މި ސެންޓަރުން އެކުލަވައިލާ، 5 ފަނޑިޔާރުންގެ ކޮމިޓީއަކުން ތިރީގައިވާ މިންގަނޑުގެ މައްޗަށް ބިނާކޮށެވެ.

1

ރިސަރޗް ކުރެވިފައިވާ މިންވަރު

%30

2

ކުރެހުމުގެ މަސައްކަތުގެ ފެންވަރު (ޓެކްނިކަލް)

%40

3

ކުރެހުމުގެ މަސައްކަތުގެ ފެންވަރު (ކޮންސެޕްޗުއަލް)

%30

8. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވާނީ، ޖުމުލަ މާކުސް %75 ނުވަތަ އެއަށްވުރެ މަތިން މާކުސް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، ކޮންމެ އުމުރުފުރައަކުން އެންމެ ގިނަ މާކުސް ލިބޭ ހުށަހެޅުން ހުށަހެޅި ފަރާތް ނުވަތަ ފަރާތްތަކަށެވެ. އިނާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ކޮންމެ އުމުރުފުރައަކުން 1 ވަނައަށާއި 2 ވަނައަށާއި 3 ވަނައަށް އަންނަ ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް މި ސެންޓަރުން އިނާމު ދެވޭނެއެވެ.

ވީމާ، މި އިނާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، މި އިޢުލާނާއެކު މިވާ ފޯމު ފުރިހަމަކޮށް، ހުށަހަޅާ ކުރެހުމުގެ މަސައްކަތާއެކު، 15 ސެޕްޓެންބަރު 2014ވާ ހޯމަ ދުވަހުގެ 15:00ގެ ކުރިން، ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭހިނގުން) އަށް ހުށަހެޅުން އެދެމެވެ. މި ފޯމު މި ސެންޓަރުން ލިބެންހުންނާނެއެވެ. އިތުރު މަޢުލޫމާތު އޮޅުން ފިލުވަން ބޭނުންވާ ފަރާތްތަކުން، ރަސްމީގަޑީގައި، 3303816 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

01 ޖުލައި 2014
ހޯދާ