މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1435 ވަނައަހަރުގެ ފަގީރުންގެ ގޮތުގައި ނަން ނޯޓު ކުރުމާބެހޭ

02 ރަމަޟާން 1435، 29 ޖޫން 2014 ވާ އާދީއްތަ ދުވަހުން ފެށިގެން 15 ރަމަޟާން 1435  (14 ޖުލައި 2014) ވާ އާދީއްތަ ދުވަހުގެ ނިޔަލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ވިލިނގިލީ އަވަށުން ބަންދުނޫން ކޮންމެ ދުވަހެއްގެ 10:30 ން 13:00 އަށް ފަގީރުންގެ ގޮތުގައި ނަން ނޯޓުކުރުން އޮންނާނެއެވެ. މާލެސިޓީ ފިޔަވައި އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންގެ ނަން ނޯޓްކުރުން އޮންނާނީ އެ ރަށެއްގެ ކައުންސިލްގެ އިދާރާގައެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ތާރީޚުގައި މި މިނިސްޓްރީގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން ނަން ނޯޓުކުރައްވަމުން ގެންދެވުން އެދެމެވެ.  ނަން ނޯޓްކުރަން ވަޑައިގަންނަވާއިރު އަޑީކާޑުގެ އަސްލާއި، އައިޑީކާޑުގެ ކޮޕީ ގެންނަވަންވާނެއެވެ.

24 ޝަޢުބާން 1435

22 ޖޫން 2014
ހޯދާ