ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލްއާބެހޭ

އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލްއާބެހޭ އެންމެހާ ޚިދުމަތްތައް 22 ޖޫން 2014 ވާ އާދީއްތަ ދުވަހުން ފެށިގެން 26 ޖޫން 2014 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަގުތީ ގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާތީ، އެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

މިކަމުގެ ސަބަބުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި މިފަދަ ކަންތައްތަކުގައި ތިޔަ ފަރާތްތަކުން ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލެއްވުން ފާހަގަކޮށް އެކަމަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

18 ޝަޢުބާން 1435     

16 ޖޫން 2014
ހޯދާ