ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓާރޝަރީ ސްޓޫޑަންޓް ލޯނު ސްކީމް- މާރިޗު 2014 އަށް ޕްލޭސްމަންޓް ލެޓަރ ހުށަހެޅުމާބެހޭ

ޓާރޝަރީ ސްޓޫޑަންޓް ލޯނު ސްކީމު- މާރިޗު 2014 އަށް ފޯމު ހުށަހަޅާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ޕްލޭސްމަންޓް ލެޓަރ އަކީ އަންކޮންޑިޝަނަލް އޮފަރ ލެޓަރއެއްކަމުގައި ވާންޖެހުނު ނަމަވެސް، މިފަދަ ލެޓަރއެއް ހޯދުމަށްޓަކައި ޔުނިވަރސިޓީ އަށް ދައްކަންޖެހޭ ފީ ދެއްކުން އެއީ ހަމައެކަނި ކޮންޑިޝަން ކަމުގައިވާނަމަ، މިކޮންޑިޝަނާ އެކު އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވާކަމުގައި އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.                                       

މިހެން ހަމަޖެއްސުމާ ގުޅިގެން ހަމައެކަނި ލޯނު އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި އެއްވެސް ދަރިވަރަކަށް ފައިސާގެ މުއާމަލާތެއް ކުރަން ނުޖެހޭ ކަމުގައިވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341388, 3341376، 3341381, އަށް ގުޅުއްވުން އެދެމެވެ.

 
09 ޖޫން 2014
ހޯދާ