މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
އެޕްރޫވް ޑުރަގު ލިސްޓުގައި ފޯމިއުލޭޝަން ހިމެނިފައިނުވާ ބޭހާބެހޭ

ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް ހުއްދަކުރާ ބޭސް ހިމެނޭ " އެޕްރޫވް ޑުރަގު ލިސްޓު" ގައި ބޭހުގެ ފޯމިއުލޭޝަންތައް (މިސާލަކަށް:IP,BP,USP ) ކަނޑައަޅާފައިވާ ބޭސް އެތެރެކޮށް ވިއްކަންވާނީ ހަމައެކަނި އެލިސްޓުގައި ފާހަގަކޮށްފައިވާ ފޯމިއުލޭޝަން ތަކެވެ.

އެޕްރޫވް ޑުރަގު ލިސްޓުގައި ފޯމިއުލޭޝަން ހިމެނިފައިނުވާ ބޭހެއް އެތެރެ ކުރައްވާނަމަ، އެތެރެކުރެވޭނީ އެ ބޭހެއް އުފެއްދި ޤައުމުން އެކުސްޕޯޓު ކުރުމަށް އެކަށީގެންވާ ގޮތަށް އުފައްދާފައިވާ " އެކުސް ޕޯޓު" ކޮލިޓީގެ ބޭހެވެ.

އަދި މިހާރުވެސް އަމަލު ކުރަމުންދާ ގޮތުގެމަތިން ވަކިޤައުމަކަށް ނުވަތަ ޤައުމުތަކަކަށް ޚާއްޞަ ކުރެވިގެން އުފައްދާފައިވާ ބޭސް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

އެޕްރޫވް ޑުރަގު ލިސްޓު މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑަރ އަދި މިއޮތޯރިޓީގެ ވެބުސައިޓުން ޑައުންލޯޑު ކުރެއްވޭނެއެވެ. އިތުރުމަޢުލޫމާތު މިއޮތޯރިޓީގެ ނަންބަރު 3014316 އިން  ލިބިވަޑައިގަންނަވާނެއެވެ.

10 ޝަޢުބާން 1435ހ.

08 ޖޫން 2014
ހޯދާ