Ministry of Economic Development
Maldives
އޮންލައިންކޮށް، ކުންފުނި ރަޖިސްޓްރީކުރުމަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެގޮތް ހަމަޖެއްސުމާބެހޭ

އިޢުލާން

މި މިނިސްޓްރީން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް ޒަމާނީކޮށް، މިހާރަށްވުރެ އަވަސް އަދި ފަސޭހަ ގޮތަކަށް އިންތިޒާމްކޮށް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން،  'ބޮލި'ގެ ނަމުގައި އޮންލައިންކޮށް، ކުންފުނި ރަޖިސްޓްރީކުރުމަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެގޮތް ހަމަޖެއްސުމަށްޓަކައި، ޤާނޫނު ނަންބަރު 1996/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ ދަށުން، ކުންފުނި ރަޖިސްޓްރީކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުގެ އިޖުރާޢަތަށް ބަދަލުގެނެސް، 28 މެއި 2014 ވާ ބުދަ ދުވަހުން ފެށިގެން ތިރީގައިވާ ގޮތަށް ޢަމަލުކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. 

  1. ކުންފުނި ރަޖިސްޓްރީކުރަން އީ-ގަވަންމަންޓް ޕޯޓަލް މެދުވެރިކޮށް ލިންކް: https://citizen.egov.mv/eFaas/Account/Register.aspx އިން އީ-ފާސް އެކައުންޓެއް ހުޅުވައި، އީ-ފާސް އެކައުންޓްގެ ތަފްޞީލް ބޭނުންކޮށްގެން ބޮލި އޮންލައިންއަށް ލޮގްއިންކުރެވޭނެއެވެ.
  2. އީ-ފާސް އެކައުންޓްގެ ތަފްޞީލް މެދުވެރިކޮށް https://business.egov.mv ބޮލި އޮންލައިންއަށް ލޮގިން ކުރަންވާނެއެވެ.
  3. ކުންފުންޏަށް ކިޔަން ބޭނުންވާ ނަން ފާސްކުރުމަށް އެދި އޮންލައިންކޮށް ހުށަހަޅަންވާނެއެވެ. ހުށަހަޅާ ނަން ފާސްވުމުން އީ-ފާސް އެކައުންޓްގެ ވެރިފަރާތުގެ މޯބައިލް ފޯނު އަދި އީ-މެއިލް އެކައުންޓަށް މެސެޖެއް ފޮނުވޭނެއެވެ.
  4. ކުންފުނި ރަޖިސްޓްރީކުރުމަށް ބޭނުންވާ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު އެޕްލިކޭޝަން އޮންލައިންކޮށް ހުށަހަޅަންވާނެއެވެ.
  5. ބޮލި އޮންލައިން މެދުވެރިކޮށް ހުށަހެޅި އެޕްލިކޭޝަން ލިބުނުކަން ޔަޤީންކޮށްދިނުމުގެ ގޮތުން، އެޕްލިކޭޝަން ސަބްމިޓްކުރުމާއިއެކު އީ-ފާސް އެކައުންޓްގެ ވެރިފަރާތުގެ މޯބައިލް ފޯނު އަދި އީ-މެއިލް އެކައުންޓަށް މެސެޖެއް ފޮނުވޭނެއެވެ.
  6. ކުންފުނި ރަޖިސްޓްރީކުރުމަށް ބޭނުންވާ މަޢުލޫމާތު ފުރިހަމަ އެޕްލިކޭޝަންއެއް ބަލައިގަތްކަމާއި، ކުންފުނި ރަޖިސްޓްރީވިކަމުގެ ލިޔެކިޔުން ހަވާލުކުރުމަށް ހަމަޖެހިފައިވާ ތާރީޚް ބަޔާންކޮށް އެޕްލިކޭޝަން ހުށަހަޅާތާ 24 ގަޑިއިރު ތެރޭގައި އީ-ފާސް އެކައުންޓްގެ ވެރިފަރާތުގެ މޯބައިލް ފޯނު އަދި އީ-މެއިލް އެކައުންޓަށް މެސެޖެއް ފޮނުވޭނެއެވެ.
  7. ކުންފުނި ރަޖިސްޓްރީވިކަމުގެ ލިޔުން ބަލައިގަތުމަށް ހާޟިރުވާއިރު، ބޮލި އޮންލައިން މެދުވެރިކޮށް ހުށަހެޅި އެޕްލިކޭޝަންގެ ދެލި ކޮޕީ ސޮއިކުރުމަށްފަހު، ހުށަހަޅަންވާނެއެވެ. އަދި ކުންފުނި ރަޖިސްޓްރީކުރުމަށްޓަކައި ދައްކަންޖެހޭ ފައިސާގެ އަދަދު މިނިސްޓްރީއަށް ދެއްކުމުން ކުންފުނި ރަޖިސްޓްރީވި ކަމުގެ ސެޓްފިކެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.  
  8. ބޮލި އޮންލައިންއަށް ބަދަލުވާއިރު، ކުންފުނި ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާ މަޢުލޫމާތުތަކުގެ ތެރެއިން، ކުންފުނިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ނުވަތަ ކޮމްޕެނީ އޮބްޖެކްޓިވްސްއަކީ މިނިސްޓްރީއިން ކަނޑައަޅާ ލިސްޓެއްގައި ހިމެނޭ މަސައްކަތްތަކަކަށް ހެދުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން، ކަނޑައަޅާ ލިސްޓްގައި ހިމެނޭ މަސައްކަތްތަކުގެ އިތުރުން، އައު މަސައްކަތެއް ކުރުމަށް ހުށަހަޅާނަމަ، މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލަކުން އެމަސައްކަތްތަށް މަޤްސަދުތަކުގެ ތެރޭގައި ހިމަނަންޖެހޭނަމަ، 2 ދުވަސް ތެރޭގައި ޖަވާބު ދެވޭނެއެވެ.

އައު ފޯމުގައިވާ، ކުންފުނިން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ނުވަތަ ކޮމްޕެނީ އޮބްޖެކްޓިވްސް، މިއިޢުލާނާއިއެކު ޝާއިޢުކޮށް، މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

މި މިނިސްޓްރީގެ އަމާޒަކީ ވިޔަފާރިތަކަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމެވެ. ވީމާ ޚިދުމަތް ބަލައިގަންނަ ހުރިހާ ފަރާތްތަކުން ބޮލި އޮންލައިން މެދުވެރިކޮށް ކުންފުނި ރަޖިސްޓްރީކުރުމަށް އެދި ހުށަހެޅުމަށް އެދެމެވެ.

ބޮލި އޮންލައިން ބޭނުންކުރައްވަމުންދާއިރު އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ، [email protected] އަށް ސްކްރީން ޝޮޓްތަކާއިއެކު އީމެއިލްކުރެއްވުން އެދެމެވެ.

 

‏23‏ ރަޖަބު‏ 1435

 

އައިސިކް*ސެކްޝަން

ސެކްޝަން ތަފްޞީލް

ކްލާސް

ކްލާސް ތަފްޞީލް

A

ދަނޑުވެރިކަން، ފޮރެސްޓްރީ އަދި

މަސްވެރިކަމާ ބެހޭ ދާއިރާ

A1

ދަނޑުވެރިކަންކުރުން އަދި ގުޅުންހުރި ތަފާތު މަސައްކަތްތައް.

A2

ފޮރެސްޓްރީ އަދި ލޮގިންގ

A3

ކުކުޅާއި، ޖަނަވާރު ގެންގުޅުން އަދި ގުޅުންހުރި  އެހެނިހެން މަސައްކަތްތައް

A4

މަސްވެރިކަން

A5

އެކުއަކަލްޗަރ / މެރިކަލްޗަރ

B

އިމާރާތްކުރުމަށް ބޭނުންވާ

ހިލަ، ހިލަވެލި، ވެލި، ގާ ފަދަ

ތަކެތި ނެގުން، މައުދަން ނެގުމާ ބެހޭ ދާއިރާ

B1

ވެލި ނެގުން

B2

ސާފު ނުކުރާ ތެޔޮ އަދި ނެޗުރަލް ގޭސް ނެގުން

B3

މައުދަން ގެނުން

B4

އިމާރާތްކުރުމަށް ބޭނުންވާ ހިލަ، ހިލަވެލި، ވެލި، ގާ ފަދަ ތަކެތި ނެގުން

B5

މައިނިންގ އަދި އެކަމާގުޅޭ އެހެނިހެން ހަރަކާތްތައް

C

އުފެއްދުންތެރިކަމާ ބެހޭ ދާއިރާ

C1

މަހުގެ ބާވަތްތައް އުފެއްދުން

C2

ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުން

C3

ކާބޯތަކެތީގެ ބާވަތްތައް އުފެއްދުން

C4

ބުއިމުގެ ބާވަތްތައް އުފެއްދުން

C5

ފޮތީގެ ބާވަތްތައް އުފެއްދުން

C6

ދުންފަތުގެ ބާވަތްތައް އުފެއްދުން

C7

އަންނައުނުގެ ބާވަތްތައް އުފެއްދުން

C8

ލެދަރ އަދި އެއާ ގުޅުންހުރި ބާވަތްތައް އުފެއްދުން

C9

ލަކުޑީގެ ބާވަތަތް އުފެއްދުމާއި، ލަކުޑިއާއި ލަކުޑީގެ ކުނޑި ބޭނުންކޮށްގެން ތަކެތި އުފެއްދުން

C10

ކަރުދާހާއި ކަރުދާހުގެ އެހެނިހެން ބާވަތްތައް އުފެއްދުން

C11

ކޯކް އުފެއްދުމާއި، ތެލުގެ ބާވްތައް ވަކިކުރުން

C12

ކެމިކަލް އުފެއްދުމާއި ކެމިކަލްގެ ބާވަތްތައް އުފެއްދުން

C13

ޕްރިންޓްކުރުމާއި، ރެކޯޑެޑް މީޑިއާގެ އުފެއްދުންތައް

C14

ޑޮކްޓަރީ ބޭސް އުފެއްދުން

C15

ރަބަރާއި ޕްލާސްޓިކުގެ ބާވަތްތައް އުފެއްދުން

C16

ދަގަނޑުގެ ބައިތައް ނުހިމެނޭގޮތަށް އުފައްދާ މިނަރަލް އުފެއްދުންތައް

C17

ދަގަނޑުގެ ބާވަތްތައް އުފެއްދުން

C18

މެޝިނަރީ އަދި އިކުއިޕްމަންޓް ފިޔަވައި ފެބްރިކޭޓްކޮށްފައިވާ މެޓަލް ޕްރޮޑަކްޓްސް

C19

 ކޮމްޕިއުޓަރ، އިލެކްޓްރޯނިކް އަދި އޮޕްޓިކަލް ޕްރޮޑަކްޓްސް އުފެއްދުން

C20

އިލެކްޓްރިކް ސާމާނު އުފެއްދުން

C21

މެޝިނަރީ އަދި އިކުއިޕްމަންޓް އުފެއްދުން

C22

މޮޓޯރ ވެހިކަލްސް، ޓްރެއިލަރސް އަދި ސެމީ-ޓްރެއިލަރސް އުފެއްދުން

C23

ދަތުރުފަތުރާ ގުޅުންހުރި އެހެނިހެން އިކުއިޕްމަންޓްތައް އުފެއްދުން

C24

ފަރުނީޗަރުގެ ބާވަތްތައް އުފެއްދުން

C25

އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ އުފެއްދުންތަކާއި ސުވެނިއަރސް އުފެއްދުން

C26

މެޝިނަރީ އަދި އިކުއިޕްމަންޓް އިންސްޓޯލް ކުރުމާއި މަރާމާތުކުރުން

C27

އެހެނިހެން މެނުފެކްޗަރިންގ

D

ކަރަންޓު، ގޭސް، ސްޓީމް އަދި

އެއަރ ކޮންޑިޝަނަރ

ސަޕްލައިކުރުމުގެ ދާއިރާ

D1

ކަރަންޓު، ގޭސް، ސްޓީމް އަދި އެއަރ ކޮންޑިޝަނަރ އާގުޅުންހުރި މަސައްކަތްތައް

E

ފެނާއި ނަރުދަމާ އަދި

ދެމެހެއްޓެނިވި ގޮތެއްގައި ކުނި

ނައްތައިލުމުގެ ދާއިރާ

E1

ޑީސެލިނޭޓްކުރުމާއި، ފެން ޓްރީޓްކުރުމާއި އެހެނިހެން ގޮތްގޮތަށް ފެން އުފެއްދުމާއި ރައްކާކުރުމާއި، ސަޕްލައިކުރުން

E2

ނަރުދަމާގެ ނިޒާމް އާގުޅޭ

E3

ކުނިބުނި އެއްކުރުމާއި، ނައްތާލުމާއި، އުކާލާ ކުނިން ބޭނުންކުރެވިދާނެ ތަކެތި ރިކަވަރ ކުރުން

E4

ރެމެޑިއޭޝަން އެކްޓިވިޓީޒް އަދި ކުނި ނައްތާލުމުގެ އެހެނިހެން ޚިދުމަތްތައް

F

އިމާރާތްކުރުމުގެ ދާއިރާ

F1

ގެދޮރު އިމާރާތްކުރުން

F2

ސިވިލް އިންޖިނިއަރިންގ

F3

ޚާއްސަ ކޮންސްޓްރަކްޝަން މަސައްކަތް

G

 ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި؛

މޮޓޯސައިކަލް އަދި މޮޓޯވެހިކަލް

މަރާމާތުކުރުމުގެ ދާއިރާ

G1

މޮޓޯސައިކަލް އަދި މޮޓޯވެހިކަލްގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރުމާއި އަދި މަރާމާތްކުރުން

G2

މޮޓޯސައިކަލް އަދި މޮޓޯވެހިކަލްގެ ވިޔަފާރި ފިޔަވައި އެހެނިހެން ހޯލްސޭލް ވިޔަފާރި

G3

މޮޓޯސައިކަލް އަދި މޮޓޯވެހިކަލްގެ ވިޔަފާރި ފިޔަވައި އެހެނިހެން ރީޓެއިލް ވިޔަފާރި

G4

ކާބޯތަކެއްޗާއި ގުޅުންހުރި އެންމެހައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި

G5

އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ތަކެތީގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި

G6

އަންނައުނާއި ފުޓްވެއަރއާ ގުޅުންހުރި އެންމެހައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި

G7

އިމާރާތްކުރުމަށް ބޭނުންކުރާ އެންމެހައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި

G8

ސުވެނިއަރސް އަދި އެއާ ގުޅުންހުރި ތަކެތީގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި

H

ދަތުރުފަތުރާއި ގުދަންކުރުމާ ގުޅޭ ދާއިރާ

H1

އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް

H2

ކަނޑުމަގުން ދަތުރުފަތުރު ކުރުމުގެ ޚިދުމަތްތައް

H3

ވައިގެ މަގުން ދަތުރުފަތުރު ކުރުމުގެ ޚިދުމަތްތައް

H4

ގުދަންކުރުމާއި، ޓްރާންސްޕޯރޓަށް އެހީތެރިވެދޭ ހަރަކާތްތައް

H5

ޕޯސްޓަލް އެންޑް ކޯރިއަރ ހަރަކާތްތައް

I

އެކޮމޮޑޭޝަން އަދި ފުޑް ސަރވިސްގެ ދާއިރާ

I1

ޓުއަރިސްޓް ރިސޯޓް

I2

ޓުއަރިސްޓް ހޮޓެލް

I3

ޓުއަރިސްޓް ވެސެލް

I4

ޔޮޓް މެރީނާ

I5

ޕިކްނިކް އައިލެންޑް

I6

ގެސްޓް ހައުސް

I7

ކާބޯތަކެތީގެ ޚިދުމަތްތައް

I8

އެކޮމޮޑޭޝަންގެ އެހެނިހެން ކަންތައްތައް

J

މައުލޫމާތާއި މުވާޞަލާތު

(އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން)

J1

ޗާޕުކުރުން

J2

މޯޝަން ޕިކްޗަރ، ވީޑިއޯ އަދި ޓީވީ ޕްރޮގްރާމް އުފެއްދުމާއި، ސައުންޑް ރިކޯޑުކުރުމާއި މިއުޒިކް އުފެއްދުން އަދި ޕަބްލިޝްކުރުން

J3

ޕްރޮގްރާމިންގ އަދި ބްރޯޑްކާސްޓްކުރުމާ ގުޅެ ކަންތައްތައް

J4

ޓެލްކޮމިއުނިކޭޝަން އަދި މުވާސަލާތާ ގުޅޭ ކަންތައްތައް

J5

ކޮމްޕިއުޓަރ ޕްރޮގްރާމިންގ، ކޮންސަލްޓަންސީ އަދި އެއާ ގުޅުންހުރި ކަންތައްތައް

J6

އިންފޮމޭޝަން ސަރވިސްގެ މަސައްކަތްތައް

K

މާލީ ކަންކަން ބެލެހެއްޓުމާއި

އިންޝުއަރެންސްގެ ހަރަކާތްތައް

K1

އިންޝުއަރެންސް އަދި ޕެންޝަން ފަންޑްގެ ޚިދުމަތް ނުހިމެނޭގޮތަށް ފޯރުކޮށްދޭ، ބޭންކިންގ އަދި ފައިނޭޝިއަލް ސަރވިސް

K2

ކޮމްޕަލްސަރީ ސޯޝަލް ސެކިއުރިޓީ ފިޔަވައި، އިންޝުއަރެންސް، ރީއިންޝުއަރެންސް އަދި ޕެންޝަން ފަންޑިންގ ގެ ޚިދުމަތް

K3

އިންޝުއަރެންސް އަދި ފައިނޭންސް އާއި ގުޅޭ އަދި އެހީވެދޭ ހިދުމްތައް

L

ބިމާއި ގެދޮރު ގަތުމާއި ކުއްޔަށްދިނުން

L1

ބިމާއި ގެދޮރު ގަތުމާއި ކުއްޔަށްދިނުން

M

ޕްރޮފެޝަނަލް، ސައިންޓިފިކް އަދި

ޓެކްނިކަލް މަސައްކަތްތައް

M1

ލީގަލް އަދި އެކައުންޓިންގ މަސައްކަތްތައް

M2

މެނޭޖްމަންޓް ކޮންސަލްޓެންސީގެ ޚިދުމަތްތަކާއި ހެޑް އޮފީހުގެ މަސައްކަތްތައް

M3

އާރކިޓެކްޗަރ އަދި އިންޖިނިއަރިންގެ މަސައްކަތްތައް؛ ޓެކްނިކަލް ޓެސްޓިންގ އަދި އެނަލިސިސް

M4

ސައިންސްގެ ތަޙުލީލްތައް ކުރުމާއި އުފެއްދުންތައް އުފެއްދުން

M5

އެޑްވަޓައިޒިންގ އަދި މާރކެޓް ރިސާރޗްކުރުން

M6

އެހެނިހެން ޕްރޮފެޝަނަލް، ސައިންޓިފިކް އަދި ޓެކްނިކަލް މަސައްކަތްތައް

M7

ވެޓެރިނަރީ ސަރވިސް

N

އިދާރީ ހިންގުމާއި އެކަމާ ގުޅުންހުރި ޚިދުމަތް

N1

ކުއްޔަށްދިނުމާއި، ލީސިންގ ޚިދުމަތް

N2

އެމްޕްލޯއިމަންޓް އެކްޓިވިޓީޒް، އެމްޕްލޯއިމަންޓް އެޖެންސީ ހިންގުމާއި ރެކްރޫޓްމަންޓްގެ ޚިދުމަތްތައް

N3

ޓްރެވަލް އޭޖެންސީ، ޓުއަރ އޮޕަރޭޓަރ، ރިސަވޭޝަންސްގެ ޚިދުމަތްދިނުން އަދި މިކަމާ ގުޅުންހުރި ހަރަކާތްތައް

N4

ސެކިއުރިޓީ އަދި  ތަހުޤީގު ކުރުމާގުޅޭ މަސައްކަތް

N5

ބިލްޑިންގ އެންޑް ލޭންޑްސްކޭޕިންގގެ ޚިދުމަތްތައް

N6

އޮފީހުގެ އިދާރީ މަސައްކަތްތަކާއި، އޮފީސް މަސައްކަތާއި ގުޅުންހުރި އެހެނިހެން ބިޒްނަސް ސަޕޯރޓް ސާރވިސް

O

އާއްމު ޚިދުމަތާއި ދިފާޢީ ޚިދުމަތް؛

އިޖްތިމާއީ ރައްކާތެރިކަން

ކަށަވަރުކޮށްދިނުން

O1

އާއްމު ޚިދުމަތާއި ދިފާޢީ ޚިދުމަތް؛ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުން

P

ތަޢުލީމު

P1

ޔުނިވަރސިޓީ، ކޮލެޖް

P2

 ޕަބްލިކް  އަދި އަމިއްލަ ސްކޫލް ހިންގުން

P3

ކޮމްޕިއުޓަރ ތަމްރީން ފޯރކޮށްދޭ މަރުކަޒު ހިންގުން

P4

ޖެނެރަލް ޓިއުޝަން ކްލާސް

P5

ޓިއުޝަން ދިނުން

P6

ޤުރުއާން ކްލާސް

P7

ވޮކޭޝަނަލް އަދި ޓެކްނިކަލް ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތައް

P8

ކުޅިވަރާއި ރިކްރިއޭޝަން ތަޢުލީމު

P9

އެހެނިހެން ތައުލީމު

P10

އެޑިއެކޭޝަން ސަޕޯރޓް ސާރވިސް

Q

ސިއްޙީ އަދި އިޖުތިމާއީ ހަރަކާތްތައް

Q1

ހޮސްޕިޓަލްތައް ހިންގުމާއި އަދި އެހެން ސިއްޙީ ޚިދުމަތްތައް

Q2

ރެސިޑެންޝަލް ކެއަރގެ ޚިދުމަތް

Q3

އެކޮމޮޑޭޝަން ނުހިމެނޭ ގޮތަށް، ދެވޭ އިޖްތިމާ އެކިއެކި ހަރަކާތްތައް

R

ފަންނުވެރިކަމާއި، މުނިފޫހިފިލުވުން އަދި ރިކްރިއޭޝަން

R1

މުނިފޫހި ފިލުވުމާއި، ހުނަރުވެރި އާޓް އަދި އެންޓަރޓެއިންމަންޓް

R2

ލައިބްރަރީ، އަރުޝީފް، ގެލަރީ، އާކައިވްސް، މިއުޒިއަމް އަދި އެހެނިހެން ޘަގާފީ ކަންކަން

R3

ކުޅިވަރު ހަރަކާތްތަކާއި، ކާނިވާ އަދި ރިކްރިއޭޝަނަލް ހަރަކާތްތައް

S

އެހެނިހެން ޚިދުމަތްދިނުމުގެ ހަރަކާތްތައް

S1

މެމްބަރޝިޕް އޮގަނައިޒޭޝަންތަކުގެ ހަރަކާތްތައް

S2

ކޮމްޕިއުޓަރާއި، އަމިއްލަ އަދި ހިފާ ގެންގުޅޭ ތަކެތި މަރާމާތުކުރުން

S3

އަމިއްލަ އެހެނިހެން ކަންކަން

 

* އިންޓަރނޭޝަނަލް ސްޓޭންޑަރޑް އިންޑަސްޓްރިއަލް ކްލެސިފިކޭޝަން 

 

22 May 2014
ހޯދާ